ads
އައްޑޫ ސިޓީގެ ފިހާރައެއް ފަޅާލައި، ގިނަ އަދަދެއްގެ ސާމާނު ވަގަށް ނެގައިފި
ފިހާރައެއް ފަޅާލައި ފޯނުތަކެއް ވަގަށް ނެގި ދެމީހަކު ހައްޔަރުކޮށްފި
އައްޑޫ ސިޓީ ހިތަދޫގެ ފިހަރާއެއް ފަޅާލައި، ގިނަ އަދަދެއްގެ ފޯނުތަކެއް ވަގަށް ނެގި ދެ ޒުވާނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، ރޭ ފަތިހު އައްޑޫ ސިޓީ ހިތަދޫ، ފުލުހުން ޕެޓްރޯލް ކުރަމުންދަނިކޮށް ހިތަދޫގެ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި އެތަނަށް ވަދެ ވައްކަން ކުރި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން ހައްޔަރުކުރީ 19 އަދި 22 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ. 

ފުލުހުން އިތުރަށް ބުނި ގޮތުގައި އެދެ މީހުން ވަގަށް ނަގާފައި ވަނީ 32 ފޯނާއި 2 އައިޕެޑް އަދި 11 ގޭމް ސީޑީ އާއި ދެ ސްޕީކަރުގެ އިތުރުން އެއް އެޕަލް ވޮޗެވެ. އޭގެ އިތުރުން އެއް ހެޑްސެޓާއި 27 ސްކްރީން ޕްރޮޓެކްޓާ ވެސް ވަގަށް ނެގި ކަމަށް ފުލުހުން ބުނެ އެވެ. 

މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް