ads
މޯހަން އުނގޫފާރު ޓީމުގެ ނަތީޖާ ސެލެބްރޭޓް ކުރަނީ
މޯހަންއާ އެކު އުނގޫފާރު އެއްވަނަ ހޯދައިފި
ނޯތު ލީގުގެ ދެވަނަ ޑިވިޝަނުގައި ރ. އުނގޫފާރު ޓީމުގެ ގޮވައިގެން ރާއްޖޭގެ އެންމެ މޮޅު އެއް ކޯޗު މުހައްމަދު ޝިޔާޒް ނުކުމެ، ގްރޫޕުގެ އެއްވަނަ މަގާމު ހޯދައިފިއެވެ.

މޯހަންގެ އިރުޝާދުގެ ދަށުން ކުޅުނު އުނގޫފާރުން މިއަދު ހަވީރު ކުޅުނު މެޗާއި އެކު ދެވަނަ ޑިވިޝަންގެ ނޯތު ލީގު ގްރޫޕް ޑީގެ މެޗުތައް ނިމުނު އިރު އުނގޫފާރު ގްރޫޕުގެ އެއްވަނަ ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. އުނގޫފާރު ޓީމުންވަނީ އެ ޓީމު ކުޅުނު ހަތަރު މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އަނެއް ތިން މެޗު އެއްވަރުކޮށްފައެވެ. މޮޅުވީ އަލިފުށްޓާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗެވެ. އަނެއް ތިން މެޗުންވީ އެއްވަރެވެ. އެއީ ދުވާފަރާ ދެކޮޅަށް ކުޅުނު ދެ މެޗާއި އަލިފުށްޓާ ދެކޮޅަށް ކުޅުނު ފަހު މެޗެވެ.

އުނގޫފާރާއެކު ނުކުމެ މޯހަން ގްރޫޕުގެ އެއްވަނަ ހޯދިއިރު އަތޮޅު މުބާރާތަކީ މޯހަންއަށް އާ މުބާރާތެއް ނޫނެވެ. މީގެ ކުރިން ދ. ކުޑަހުވަދޫ ގޮވައިގެން ނުކުމެ ރާއްޖޭގެ އެއްވަނަ މޯހަން ހޯދިއެވެ. މަހިބަދޫއާ އެކު މަސައްކަތް ކުރިއެވެ. އެއްވަނަ ޑިވިޝަނުގައި ނިއުރޭޑިއަންޓް ގޮވައިގެން ނުކުމެ މެޗަކުން ބަލިނުވެ ދިވެހި ލީގު ހޯދިއެވެ. ޕްރެޒިޑެންޓްސް ކަޕު ހޯދިއެވެ. މާޒިޔާއާ ވެލެންސިޔާއާއެކުވެސް މޯހަން ކާމިޔާބު ހޯދިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް