ads
އަހްމަދު ކާމިލްދީދީ ސްކޫލް އެޑިއުކޭޝަން މިނިސްޓަރު ބައްލަވާލައްވަނީ
ފޭސްޓޫގެ ފުރަތަމަ ސްކޫލް މިއަދު ހުޅުވަނީ
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ އެންމެ ފުރަތަމަ ސްކޫލްކަމުގައިވާ "އަހުމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލް" މިއަދު ހުޅުވާނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނު މި ސްކޫލު ހުޅުވައިދެއްވާނީ ނާއިބް ރައީސް ފައިސަލް ނަސީމްއެވެ. ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައި ކިޔަވައިދޭނީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 6 އާ ހަމައަށެވެ.

ހުޅުމާލޭ ފޭސްޓޫގެ ފުރަތަމަ ސްކޫލް މިއަދު ހުޅުވާއިރު، ފޭސްޓޫގެ ދެވަނަ ސްކޫލް އަންނަ މަހު ހުޅުވަން އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެއީ ކާމިލް ދީދީ ޕްރައިމަރީ ސްކޫލް އިމާރާތާ ޖެހިގެން ހަދަމުން އަންނަ ޕްރީ ސްކޫލެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް