ads
15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
މެދު ރާއްޖެ ތެރޭގައި ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފައި ވަނީ 12:45 ގައި ކަމަށެވެ.

ފުލުހުން ބުނީ ރޭގެ ވަގުތެއްގައި ކ. އއ. އދ. ނުވަތަ ވ. އަތޮޅު ހިމެނޭ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ. 

މިއީ ކުޑަ ކުއްޖަކު ހިމެނޭ މައްސަލައެއް ކަމުން ކުއްޖާގެ ރައްކާތެރިކަމަށްޓަކައި މި ހާދިސާ ހިނގީ ކޮން ރަށެއްގައި ކަމެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް