ads
އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އަދި ނައިބު ރައީސް ފައިސަލް ނަސީމް
މިއަހަރުގެ ދެވަނަ ޓާމުގައި ސަލާހުއްދީން ސްކޫލުގައިވެސް ކިޔެވުން ފެށޭނެ
ހުޅުމާލެ ދެވަނަ ފިޔަވަހީގަައި ހުޅުވާ ”ސަލާހުއްދީން ސްކޫލް” މިއަހަރުގެ ދެވަނަ ޓާމުގައި ހުޅުވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ، ދެވަނަ ފިޔަވަހީގެ “ފުރަތަމަ ސްކޫލް، ކާމިލް ދީދީ” ހުޅުވުމުގެ ރަސްމިޔާތުގައި މިއަދު ވާހަކަދައްކަވަމުން ނެވެ.

މިނިސްޓަރު ވިދާޅުވީ، ސަލާހުއްދީން ސްކޫލުގަައި އެލްކޭޖީން ފެށިގެން ގްރޭޑް 10 އަކަށް ކިޔަވައިދޭނެ ކަމަށެވެ. 

”އިރާދަކުރެއްވިއްޔާ މި ދިރާސީ އަހަރުގެ ދެވަނަ ޓާމުގައި ހުޅުމާލޭގެ ދެވަނަ ފިޔަަވަހީގައި ދިރިއުޅޭ ދަރިވަރުންނަށް ހާއްސަކޮށްގެން ހަދާ ސަލާހުއްދީން ސްކޫލުގައިވެސް ކިޔެވުން ފަށާނެ، އެ ސްކޫލު ހުޅުވުމުން މި ސަރަހައްދުގައި ދިރިއުޅޭ ބެލެނިވެރިންނަށް އިތުރު ލުޔެއް ލިބިގެންދާނެ“ މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ހުޅުވުނު ކާމިލްދީދީ ޕްރީންސްކޫލާއި އިންވެގެން ތަރައްގީކުރާ ދެވަނަ ސްކޫލު “ޖަމީލް ދީދީ” ސްކޫލުވެސް މިއަހަރުތެރޭ ހުޅުވޭނެކަމުގެ އުފާވެރި ހަބަރު މިނިސްޓަރު މިއަދު ވަނީ ދީފައެވެ.

ހުޅުމާލޭގައި މިއަދު ހުޅުވި ސްކޫލް މަޝްރޫއު އާއި ޖަމީލްދީދީ ސްކޫލް މަޝްރޫއު އަކީ ދެ ސްކޫލެއްގެ ގޮތަށް ހަދާ އެއް މަޝްރޫއެކެވެ. އެބިމުގައި ކާމިލްދީދީ ޕްރީސްކޫލާއި، ޖަމީލުދީދީ ނަމުގައި ޕްރީސްކޫލެއް ގާއިމުކުރާނެ އެވެ. 

އެމަސައްކަތް ހަވާލުކޮށްފަވާ އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނީގެ ލޮޖިސްޓިކް މެނޭޖަރު ޝަފްޒާދު ޒާހިދު މީގެ ކުރިން ވިދާޅުވިގޮތުގައި، ޖަމީލް ދީދީގެ ސްކޫލު މަސައްކަތާއިއެކު މުޅި މަޝްރޫއު މި މަހަށް ނިންމާލެވޭނެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް