ads
މާފުށި ޖަލު…ފޮޓޯ/ސޯޝަލް މީޑިއާ
ކޮންޑަމެއްގައި ޖަލަށް ޑްރަގްސް ވައްދަން އުޅުނު އަންހެނެއްގެ މައްސަލަ ބަލަން އަމުރުކޮށްފި
ކޮންޑަމަކަށް މަސްތުވާތަކެތި އަޅައިގެން ޖަލުގައި އޮތް ފިރިމީހާއަށް އެ ގެންގޮސްދޭން މަސައްކަތް ކުރި އަންހެނެއްގެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

މިއީ، 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މާފުށީ ޖަލުގައި އޮތް ފިރިމީހާއާ ބައްދަލު ކުރަން ޖަލަށް ދިޔަ އަންހެނަކު، އޭނާގެ ޖަންގިޔަލުގެ ތެރޭގައި ފޮރުވައިގެން 2 ކޮންޑަމަށް މަސްތުވާތަކެތި އަޅައިގެން ޖަލަށް މަސްތުވާތަކެތި ވައްދަން މަސައްކަތް ކުރި މައްސަލައެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހުކުމްކޮށްފައިވަނީ އެ އަންހެން މީހާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.

ކްރިމިނަލް ކޯޓުން އެ އަންހެން މީހާގެ މައްޗަށް ކުށް ސާބިތު ނުވުމުން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި ހަމަ އޭރު އިސްތިއުނާފު ކުރިއެވެ. ހައިކޯޓުގައި ދައުލަތުން އެ މައްސަލަ އިސްތިއުނާފު ކުރުމުން އެ ކޯޓުން މިއަދުވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް، ކްރިމިނަލް ކޯޓުން އަލުން އެ މައްސަލަ ބަލަން އަމުރުކޮށްފައެވެ.

ހައިކޯޓުން މި މައްސަލަ ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާ، މުހައްމަދު ނިޔާޒް އަދި ހުސެއިން ޝަހީދުއެވެ. މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ހުޒައިފާ މުހައްމަދެވެ. މައްސަލައިގައި ހައިކޯޓުން ހުކުމް ކުރީ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

25%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް