ads
ތަމްރީން ޕްރޮގްރާމުގެ ތެރެއިން - ފޮޓޯ ހދ.އަތޮޅު ކައުންސިލް
ހދ.އަތޮޅުގެ ކައުންސިލްތަކުގެ ފައިނޭންސާއި ބެހޭ މުވައްޒަފުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް
ހދ. އަތޮޅުގެ ކައުންސިލް ތަކުގެ ފައިނޭންސް އޮފިސަރުންނަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

ކުޅުދުއްފުށި ސިޓީގައި މިއަދު ފެށުނު މިޕްރޮގްރާމަކީ ހދ.އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. ކައުންސިލްތަކުގެ ފައިނޭންސް މަސައްކަތް ކުރައްވާ މުވައްޒަފުންނަށް ކައުންސިލްގެ މާލީ ބަޔާން ތައްޔާރު ކުރުމާއި، ވިޔަ މޮޑިއުލް އަދި ދައުލަތުގެ މާލިއްޔަތު ގަވާއިދަށް އަހުލުވެރިކުރުން މިޕްރޮގްރާމުގައި ކުރިޔަށް ގެންދާގޮތަށްވަނީ ހަމަޖެހިފައެވެ.

ހދ. އަތޮޅުގެ ހުރިހާ ރަށު ކައުންސިލަކާއި ހދ.އަތޮޅު ކައުންސިލް އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލް ހިމެނޭގޮތުން ޖުމްލަ 32 ފަރާތް މިޕްރޮގްރާމުގައި ބައިވެރިވެފައިވެއެވެ. މިހިނގާ ސެޕްޓެންބަރު މަހުގެ 5 އިން 8 އަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ އަތޮޅު ކައުންސިލްގެ ޚަރަދުގައި ކުރިޔަށް ގެންދެވޭ ތަމްރީން ޕްރޮގްރާމެއް ކަމުގައި، ހދ.އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް ޢުމަރު ސީއެންއެމް އަށް މަޢްލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

އަދި މި ޕްރޮގްރާމުގައި ކިޔަވައި ދެއްވާނީ ކަމުގެ ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ލޯކަލް ގަވަރމަންޓް އޮތޯރިޓީ އާއި އޮޑިޓް އޮފީހުގެ މުވައްޒަފުން ކަމުގައިވެސް އިބްރާހީމް ޢުމަރު އިތުރަށް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް