ads
މޯލްޑިވްސް މީޑިއާ ކައުންސިލް
ނޫސްވެރިޔާ އަޒާން ކުރި ޓުވީޓެއްގެ މައްސަލަ މީޑިއާ ކައުންސިލުން ބަލަން ނިންމައިފި
ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ "ދިޔަރެސް"ގެ ނޫސްވެރިޔާ އަހުމަދު އަޒާން ކުރި ޓުވީޓެއްގެ މައްސަލަ ބެލުމަށް، މޯލްޑިވްސް މީޑިއާ ކައުންސިލުން ނިންމައިފި އެވެ.

މީޑީއާ ކައުންސިލްގެ މި އަހަރުގެ 49 ވަނަ ޖަލްސާގައި ވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރު ކުރި ބިދޭސީންނާއި ގުޅޭގޮތުން، "ދިޔަރެސް" ނޫހުގައި ޝާއިއު ކުރި ހަބަރާއި، އެކަމާއި ގުޅޭ ގޮތުން އެ ނޫހުގެ ނޫސްވެރިޔަކު ކުރި ޓްވީޓް އާއި ގުޅޭގޮތުން ހިނގައިދިޔަ ކަންކަން ބެލުމަށް ޝަކުވާބަލާ ކޮމިޓީއަށް އެ މައްސަލަ ފޮނުވަން ނިންމާފަ އެވެ. 

މި މައްސަލަ ބެލުމަށް އެދި އެކައުންސިލް އަށް ހުށަހެޅީ، ކައުންސިލްގެ ރައީސް މުހައްމަދު ޝަފާއު ހަސަން އެވެ. 

މި މައްސަލަ ބަލަން ކައުންސިލްގެ ނައިބު ރައީސް ހުސައިން ސަގީފު އާއި މެމްބަރު މުހައްމަދު ޝާފިއު އާއި މެމްބަރު އަލީ ހުސައިންގެ އިތުރުން މެމްބަރު ހަސަން ޝާކިރު ވޯޓު ދިން އިރު، މައްސަލަ ބަލަން ނުފެންނަ ކަމަށް ވޯޓު ދިނީ، މެމްބަރު އާދަމް ނަވާޒް އާއި، މެމްބަރު އަހުމަދު މޫސާ ގެ އިތުރުން މެމްބަރު އާދަމް ނަޒީރު އެވެ. 

މި މައްސަލަ އާއި މެދު މެންބަރު މުއިއްޒު އިބްރާހިމް ވަކިކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ. 

ދިޔަރެސް ނޫހުން ލިޔުނު ހަބަރާއި، އެއާއި ގުޅިގެން އަޒާން ކުރި ޓުވީޓުގެ މައްސަލަ ބަލަން ނިންމީ ކޮން ސަބަބަކާއި ހުރެ ކަން ކައުންސިލުން ހާމަ ކޮށްފައި ނުވިނަމަވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ހަބަރާއި، އެއަށް ފަހު ކުރި ޓުވީޓުގައި ގައުމީ ސަލާމަތާއި ގުޅުންހުރި ކަންކަން ހުރި ކަމަށް ބައެއް ފަރާތްތަކުން ވަނީ ފާހަގަ ކޮށްފަ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް