ads
އޭއެފްސީ ކަޕް: ބެންގަލޫރު ބަލިކޮށް މާޒިޔާއިން އެއް ފިޔަވަޅު ގާތަށް
އޭއެފްސީ ކަޕް ޕްލޭ އޮފް މެޗުގައި މާލޭގައި މިއަދު، ސަރަހައްދީ ވަރުގަދަ ބާރު ބެންގަލޫރު އެފްސީ ބަލިކޮށް، މާޒިޔާއިން ގްރޫޕް ސްޓޭޖާ އެއް ފިޔަވަޅު ގާތަށް ޖެހިލައިފިއެވެ. ބެންގަލޫރުގެ މައްޗަށް މާޒިޔާއިން ކުރި ހޯދީ ދެ ލަނޑު އެއް ލަނޑުންނެވެ.

މިއަދުގެ މި ނަތީޖާއާ އެކު، އަންނަ ހަފުތާގައި ބެންގަލޫރުގައި ކުޅޭ މެޗުން ޕޮއިންޓެއް ހޯދެނިކޮށް މާޒިޔާއަށް ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެއެވެ. މާޒިޔާއިން ޖެހޭނީ ބަލި ނުވެ ފަރު ޖައްސާލާށެވެ. ދޭއް އެކެއްގެ ނަތީޖާއަކުން މާޒިޔާ ބަލިވެއްޖެ ނަމަ އިތުރު ވަގުތު ކުޅެގެން ނަތީޖާ ނެރޭނެ އެވެ. އިތުރު ވަގުތުގައިވެސް ދޭއް އެކަކުން މާޒިޔާ ބަލިވެއްޖެ ނަމަ ނަތީޖާ ނެރޭނީ ޕެނަލްޓީ ޖަހައިގެންނެވެ.

މިއަދުގެ މެޗުގައި ފުރަތަމަ ހާފު ލަނޑެއް ނުޖެހި އެއްވަރު ވުމަށް ފަހު، ދެ ވަނަ ހާފުގައި މާޒިޔާއަށް ފުރަތަމަ ކުރި ހޯދައިދިނީ އިބްރާހިމް މަހުދީއެވެ. އޭގެ ފަހުން ލިބުނު ޕެނަލްޓީއަކުން ބެންގަލޫރުގެ ނިލީ މެޗު އެއްވަރުކުރި ނަމަވެސް މާޒިޔާގެ ބިދޭސީ ފޯވާޑް ސްޓެވާޓްވަނީ ފަހުން އަނެއްކާވެސް ލަނޑެއް ޖަހާ މާޒިޔާއަށް ކުރި ހޯދައިދީފައެވެ.

އަންނަ ހަފުތާގައި ބެންގަލޫރުގައި ކުޅޭ މެޗަށް ފަހު ދެ މެޗުގެ އެގްރީގޭޓުން މޮޅުވާ ޓީމެއް ގްރޫޕް ސްޓޭޖުގައި ވާދަކުރާނީ ރާއްޖޭގެ ޓީސީ އާ ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ ޗެންނާއީ އާއި އެކު ގްރޫޕް އީ ގައެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ފެށޭނީ އަންނަ މަހުއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް