ads
ބަލިވެ އިނދެ
މެދު ރާއްޖެތެރޭގެ ރަށެއްގައި އުމުރުން އެންމެ 14 އަހަރުގެ ކުއްޖަކު ވިހެއި މައްސަލައެއް ފެންމަތިވެފައިވަނިކޮށް އަންހެން ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެެ.

ޖެންޑާ މިނިސްޓްރީން ބުނީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި މެދު ރާއްޖެތެރޭގެ ރަށަކުން 14 އަހަރުގެ އަންހެން ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މިގޮތަށް މިނިސްޓްރީން ބުނެފައި ވަނީ ރާއްޖޭގެ ރަށެއްގައި 14 އަހަރުގެ ކުއްޖަކު ވިހެއި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވެފައިވާތީ އެއީ ހަގީގަތެއްތޯ މިނިސްޓްރީގެ ވަޓްސްއަޕް ގުރޫޕުގައި ނޫސްވެރިއަކު ސުވާލުކުރުމުންނެވެ.

އި މެދު ރާއްޖެތެރޭގެ ރަށަކުން 14 އަހަރުގެ އަންހެން ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނި ނަމަވެސް އެކުއްޖާ ވިހެއި ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ނެގިކަން ނުވަތަ ނޫންކަން ހާމައެއް ނުކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް