ads
ސުޝްމިތާ އަދި ލަލިތު
ސުޝްމިތާ އާއި ލަލިތު ރުޅިވީތަ؟
ކުރީގެ މަޝްހޫރު ތަރި އަދި މިސް ޔުނިވާސް ސުޝްމިތާ ސެން، އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި އިންޑިއަން ޕްރިމިއާ ލީގްގެ ފައުންޑަރު ލަލިތް މޯދީ އިއުލާން ކުރީ ގްލޯބަލް ޓޯއެއްގަައި ރާއްޖޭގައި އުޅުމަށް ފަހު، އެނބުރި ލަންޑަނަށް ދިއުމަށް ފަހު ކުރި ޕޯސްޓެއްގަ އެވެ.

އެ އެނައުސްމެންޓަށް މަހެއްވީއިރު މިހާރު ދައްކަނީ އެދެމީހުން ރުޅިވި ވާހަކައެވެ. މިގޮތައް މި އަޑުތައް އަރައިގެން އުޅެނީ މިފަހުން ލަލިތުގެ އިންސްޓަގްރާމުން ސުޝްމިތާއާއި ގުޅޭ ބައެއް ލިންކުތައް ނަގާފައިވާތީއެވެ. 

އެންމެ ފުރަތަމަ ސުޝްމިތާއާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ހާމަކުރީ ލަލިތު އެވެ. ނަމަވެސް މިހާތަނަށް އެކަމާއި ގުޅޭގޮތުން ސުޝްމިތާ ޖަވާބެއް ނުދެއެވެ. 

އެންމެ ފުރަތަމަ އެދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ލަލިތު އިންސްޓަގްރާމުގައި ހާމަކޮށް، އޭނާގެ ބައޯގައި "ސުޝްމިތާގެ އިންސްޓަގްރާމް ލިންކުކޮށް، ފައިނަލީ ސްޓާޓިން އަ ނިއު ލައިފް ވިތު މައި ޕާޓުނަ އިން ކްރައިމް ޖަހާފައިވެއެވެ. އަދި ލަލިތުގެ ޕްރޮފައިލް ފިކް ސުޝްމިތާއާއިއެކު ނަގާފައިވާ ފޮޓޯއަކަށް ބަދަލުކުރިއެވެ. ނަމަވެސް މިހާރު ބައޯގައިވެސް އަދި ޕީޕީންވެސް ސުޝްމިތާ ވަނީ ނަގާފައެވެ. 

your imageސުޝްމިތާއާއި ލޯބީގެ ގޮތުން ގުޅުނުކަން ހާމަކޮށް ލަލިތުގެ އިންސްޓަގްރާމް ބައޯއަށް ގެނައި ބަދަލު

your imageމިހާރު ލަލިތުގެ ބަޔޯއަށް ގެނެސްފައިވާ ބަދަލު

މިހާރު ހަމައެކަނި އިނީ ދެމީހުން ގުޅުނުކަން ހާމަކޮށް އެންމެ ފުރަތަމަ ކުރި ޕޯސްޓު އެކަންޏެވެ. އޭރު ހާމަކުރި ޕޯސްޓު ޕޯސްޓުގައި އޭނާ ވަނީ ސުޝްމިތާ އާއި އޭނާ ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކާއި، އެންމެ ކުރީން އެ ދެ މީހުން އެކި ހަފްލާތަކުން ނަނގާފައިވާ ފޮޓޯތަކެއް ވެސް ހިއްސާކޮށްފަ އެވެ. އެ ޓޯގައި ސުޝްމިތާ ވެސް ބައިވެރިކަން ހާމަކޮށް އޭނާ ވަނީ ސުޝްމިތާއަކީ އޭނާގެ “ބެޓާ ހާފް” ގެ ގޮތުގައި ސިފަކޮށްފަ އެވެ.

މި ފޮޓޯތައް އުމުރުން 56 އަހަރުގެ ލަލިތު ހާމަ ކުރުމާ އެކު ގިނަ ބަޔަކު ހީކުރީ، އެ ދެ މީހުން ކައިވެނި ކުރީކަމަށެވެ. ނަމަވެސް ފަހުން ލަލިތު ވަނީ އެ ދެ މީހުން ކައިވެނި ނުކުރާ ކަމަށާއި، އަދި ހަމައެކަނި "ޑޭޓް ކުރަނީ" ކަމަށް ބުނެފަ އެވެ. ނަމަވެސް އުންމީދަކީ ވަރަށް އަވަހަށް ކައިވެނި ވެސް ކުރެވުން ކަމަށް އޭނާ ބުނެފަ ވެއެވެ. 

އުމުރުން 46 އަހަރުގެ ސުޝްމިތާ 56 އަހަރުގެ ވިޔަފާރިވެރިޔާ ލަލިތު އާ ރަށްޓެހިވީ ކަމުގެ ހަބަރުތަކުން އެންމެ ގިނަ ބަޔަކަށް ޝޮކެއް ލިބުނީ ދެ މީހުން އެކުގައި ނަގާފައިވާ ފޮޓޯތަކުން ލަލިތު މާ މުސްކުޅި ކޮށް ފެންނާތީ އެވެ. ގިނަ ފޭނުން ބުނަމުން ދަނީ އެ ދެ މީހުން ނުގުޅޭ ކަމަށެވެ. 

ލަލިތު ވަނީ މީގެ ކުރިން މީހަކާ އިނދެފަ އެވެ. އެ ކައިވެންޏަަށް ދެ ކުދިން ވެސް ތިބެ އެެވެ. 1991ވަނަ އަހަރު ކުރި އެކައިވެނި ނިމުމަކަށް އައީ 2018 ވަނަ އަހަރު އެވެ. އެއީ އޭނާގެ އަންހެނުން ކަންސަރުގައި މަރުވުމުން ނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް