ads
އައްޑޫ ސިޓީގެ މަގެއް-- ފޮޓޯ: އައްޑޫލައިވް
އައްޑޫގެ މަގުތަކުގައި ތާރު އެޅުމަށް އީއައިއޭ ހަދަން ބަޔަކާ ހަވާލުކޮށްފި
އައްޑޫ ސިޓީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށްޓަކައި ހަދަން ޖެހޭ އީއައިއޭ ހެދުމަށް ސީޑިއީ ކޮންސަލްޓިންއާ ހަވާލުކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނި ގޮތުގައި ސަރުކާރުން ޖީކޭ ޑިވެލޮޕްމަންޓްސް ޕްރަވެޓް ލިމިޓެޑްއާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން ހިތަދޫ ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ މަގުތަކުގައި ތާރަ އަޅާނެ އެވެ. އެގޮތުން ތާރު އަޅަން ހަމަޖެހިފައިވަނީ 13 ކިލޯ މީޓަރުގެ މަގުތަކުގަ އެވެ.

އެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާއިރު ސިޓީ ކައުންސިލުން ބުނި ގޮތުގައި އިއްޔެ އެ ސިޓީގެ މޭޔަރު އަބްދުﷲ ސާދިގް ވަނީ ކަމާއިބެހޭ މިނިސްޓްރީތަކުގެ ބޭފުޅުންނާ މާލޭގައި ބައްދަލު ކުރައްވާފަ އެވެ.

މިއީ 134 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއުއެކެވެ. އައްޑޫ ސިޓީ ކައުންސިލުން ބުނީ ސަރުކާރުން ކުރިއަށް ގެންދާ މި މަޝްރޫއުގެ ސަބަބުން ރައްޔިތުންނަށް ގިނަ ގުނަ ފައިދާ ތައް ލިބިގެންދާނެ ކަމަށެވެ. 

މިދިޔަ ސަރުކާރުގައި ވެސް އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއެއް ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް ތަރައްގީ ކުރި މަގުތައް ހަލާކުވެ ގިނަ ދަތިތަކެއް ރަށުގެ ރައްޔިތުންނަށް އަންނަނީ ކުރިމަތިވަމުންނެވެ. 


100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް