ads
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު--
ދައުލަތުގެ ކަންކަން އޭސީސީން ގާތުން ބެލުމަކީ ރަނގަޅު ކަމެއް: ނަޝީދު
ދައުލަތުގެ ހުރިހާ ކަމެއް ވީހާވެސް ގާތުން ރަނގަޅަށް ބެލުމަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރާ ރަނގަޅު ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތުގެ އެންމެހައި ކަންކަން ވީހާވެސް ގާތުން ރަނގަޅަށް ބެލުމަކީ އޭސީސީ ކުރަމުން އަންނަ ރަނގަޅު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އޭސީސީން އެހެން ހުރިހާ ކަމެއް ވެސް ރަނގަޅަށް ބަލާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.

ނަޝީދު މިފަދަ މޭރުމަކުން ޓްވީޓެއް ކުރައްވާފައި މިވަނީ ނަޝީދުގެ ކުރެއްވި ދަތުރުފުޅެއްގައި އަރިހުގައި އުޅުއްވި ދެ މުވައްޒަފެއްގެ ޓިކެޓަށް އިތުރަށް ހަރަދުކޮށްފައިވާ ފައިސާ އަނބުރާ ހޯދުމަށް އޭސީސީން ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް އަންގާފައިވާ ދަނޑިވަޅެއްގަ އެވެ. 

އޭސީސީއަށް ހުށަހަޅަފައިވާ އޮތް މައްސަލައެއް ތަހުގީގުކުރުމަށް ފަހު ނެރުނު އާންމުކޮށްފައިވާ ރިޕޯޓުގައި ބުނެފައިވަނީ މައްސަލަ ބެލިއިރު މިދިޔަ އަހަރުގެ އޮކްޓޫބަރު 31 ވަނަ ދުވަހު ގއ. ވިލިނގިލީގައި ބޭއްވި "ދެކުނު މަހާސިންތާ" ނިންމާލުމަށްފަހު ކޫއްޑޫއިން މާލެ އައި މަޖިލީހުގެ ދެ މުވައްޒަފުންގެ ޓިކެޓަށް މީހަކަށް ހަރަދުކޮށްފައިވަނީ 1220 ރުފިޔާ ކަމަށެވެ.  

މަހާސިންތާ ނިންމާލުމަށްފަހު ކޫއްޑޫއިން މާލެ ދިއުމުގެ ބަދަލުގައި މަހާސިންތާގެ ޕްރޮގްރާމުތަކުގެ ތެރޭގައި ނުހިމެނޭ ކަންކަމުގައި ބައިވެރިވުމަށް ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް ދަތުރުކުރުމުގެ ސަބަބުން ޓިކެޓަށް އިތުރަށް ހަރަދުކޮށްފައިވާ 444 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށްފަހު އެކަން ކޮމިޝަނަށް އެންގުމަށްވެސް އޭސީސީން ވަނީ މަޖިލީހުގެ އިދާރާއަށް އަންގާފަ އެވެ.  

މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އޭސީސީގެ ނިންމުމަށް އެމަނިކުފާނު ގޮންޖައްސަވަން ބޭނުން ނުވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް