ads
ހުޅުމާލެ ކޯޓު--
ހުޅުމާލެ މެޖިސްޓްރޭޓް އަމްޖަދުގެ މައްސަލައެއް ބަލަނީ
ހުޅުމާލޭ ކޯޓުގެ މެޖިސްޓްރޭޓް އަމްޖަދު އަބްދުލްގަނީގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަން ނިންމައިފި އެވެ.

ޖޭއެސްސީން ބުނި ގޮތުގައި އެ ކޮމިޝަނުގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަމްޖަދުގެ މައްސަލައެއް ބަލަން ނިންމާފަ އެވެ. 

އަމްޖަދުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނި ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ހާމައެއް ނުކުރެ އެވެ.

މިފަހަކަށް އައިސް ޖޭއެސްސީން އަންނަނީ މެޖިސްޓްރޭޓުންނާއި ފަނޑިޔާރުންގެ ވެސް މައްސަލަތައް ބަލަމުންނެވެ. އަދި މައްސަލަތައް ބެލުމަށް ފަހު ބައެއް ބޭފުޅުންނަށް ފިޔަވަޅު އަޅާފައިވެސް އެބަ ހުއްޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް