ads
ފިންލަންޑް ސްކޫލުގެ ދަރިވަރުން
ފިންލަންޑް ސްކޫލަށް ވަންނަން އުޅުނު މީހަކު ހައްޔަރުކޮށްފި
މާލޭގައި ހުންނަ ފިންލަންޑް އިންޓަނޭޝަނަލް ސްކޫލަށް ވަންނަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނެކެވެ. 

އެ ކަމުގެ މައުލޫމާތު އެނގޭ ބެލެނިވެރިއަކު ސީއެންއެމް އަށް ބުނިގޮތުން އެމީހާ ވަންނަން އުޅުނީ ވަޅިއެއް ހިފައިގެން ނެވެ. 11:30 އާއި 12:00 ދެމެދު ސްކޫލަށް އެ މީހާ ވަންނަން އުޅުމުން އެކަމަށް ހުރަސް އެޅީ ސްކޫލުގެ ސެކިއުރިޓި ގާޑުން އޭނާ ބުންޏެވެ. އެމަންޒަރު ސްކޫލުގައި އެވަގުތު ތިބި ގިނަ ދަރިވަރުންތަކަކަށް ފެނިފައިވާނެ ކަމަށާއި އެކަމުގެ ސަބަބުން ކުދިންނަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް އޭނާ ވަންނަން އުޅުނީ ވަޅި ހިފައިގެން ނޫންކަމަށް ފުލުހުން ސީއެންއެމް އަށް ކަށަވަރުކޮށްދިނެވެ. 

ސްކޫލުގެ ފަރާތުން ސީއެންއެމްއަށް ބުނީ، 11:30 އާއި 12:00 ދެމެދު ޖެހިގެން ހުރި އިމާރާތުގެ ކައިރީގައި އިށީދެ އިދެގެން އިން މީހަކު އަޑުގަދަކުރަމުންދިޔަ ކަމަށާއި، ބެލެވެނީ ބޯހަމަނުޖެހޭ މީހެއް ކަމަަށް ކަމަށެވެ. ސްކޫލުން ބުނީ ސްކޫލުގެ ގޭޓު އަބަދުވެސް ހުންނަނީ ކްލޯސް ކޮށްފައި ކަމަށާއި އެމީހާ ގޭޓު ކައިރިއަށް ނާންނަ ކަމަށެވެ.

ކްލާހަށް ދިޔަ ކުދިންތަކަކަށް އޭނާ އަޑުގަދަކުރަމުންދާތީ ފެނިގެން ސްކޫލާއި ޓީޗަރުންގެ ސަމާލުކަމަށް އެކަން ގެނެސްގެން ފަހުން ފުލުހުން އައިސް އޭނާ ގެންދިޔަައީ ކަމަށް ސްކޫލުން ބުންޏެވެ.

69%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
15%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް