ads
ބައްސާމް، ކޯޗު މޮރިއޭރޯ އަދި ކޮސްޓާ
މުސާރަ ނުދީގެން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު އިސްތިއުފާދީފި
އެފްއޭއެމުން މުސާރަ ނުދީގެން ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗު ޕޯޗުގަލްގެ ސިމާއޮ ކޮސްޓާ އިސްތިއުފާ ދީފިއެވެ.

ކޮސްޓާ އިސްތިއުފާ ދިންކަން ހާމަކުރަމުން ބުނީ އޭނާއަށް އެފްއޭއެމުން މުސާރަ ނުދޭތާ 7 މަސް ވެއްޖެކަމަށެވެ. ވޭތިވެދިޔަ 7 މަސް ދުވަހު، މުސާރަ ކަންތަކުގައި އަލިމަގެއް ފެނޭތޯ ކެތްތެރިކަމާއެކު މަސައްކަތް ކުރި ކަމަށް ކޮސްޓާ ބުންޏެވެ.

މިކަން ރީތިކޮށް ހައްލު ކުރެވޭތޯ ވަރަށް މަސައްކަތްކޮށްފިން. އެކަމަމު މުސާރަ ނުލިބި މަސައްކަތް ކުރެވޭނީވެސް ވަކިވަރަކަށް. މިކަމުގައި އެފްއޭއެމުން އެއްވެސް މައުލޫމާތެއްވެސް ނުދޭ. ވާންވީ ގޮތެއް ހަދަންވީ ގޮތެއްވެސް ނޭގޭ. ޖަނަވަރީން ފެށިގެން މުސާރަ ނުދޭ. އެހެންކަމުން އަހަރެންނަށް މި ނިންމުން ނިންމަން މަޖުބޫރިވީ.

މުސާރަ ނުދީގެން ކޮސްޓާ މަގާމުން އިސްތިއުފާ ދިން އިރު ގައުމީ ޓީމުގެ ކުރީގެ ކޯޗު އަދި އެސިސްޓެންޓް ކޯޗަށް މުސާރަ ނުދީ ހުރި މައްސަލައިގައި އެފްއޭމުން އެ ފައިސާ ދިނުމަށް ފީފާއިންވަނީ މީގެ ކުރިން އަންގާފައެވެ. އަދި އެފްއޭއެމްގެ އިދާރީ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަ މިއަހަރާއި މިދިޔަ އަހަރުވެސް އެކި ފަހަރު މަތިން ކުރިމަތިވިއެވެ.

ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަށް މުސާރަ ނުދީގެން އިސްތިއުފާ ދިން މައްސަލައިގައި އެފްއޭއެމުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. 

އުމުރުން 46 އަހަރުގެ ސިމާއޯ އަކީ ކުރިން ޕޯޗުގަލްގެ ކްލަބްތަކަށް ކުޅެފައިވާ މޮޅު މިޑްފީލްޑަރެކެވެ. އަދި ދެކުނު ކޮރެއާގެ ޑައިޖިއަން ސިޓިޒަން އަށްވެސް 2001 ވަނަ އަހަރު ސިމާއޯ ކުޅެފައިވެއެވެ. އޭނާއަށް ރާއްޖޭގެ ގައުމީ ޓީމުގެ އެިސްޓޭންޓް ކޯޗުކަން ދިނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް