ads
އަނިޔާވި މީހަކު ހޮސްޕިޓަލަށް ގެންދަނީ
3 ފުލުހަކަށް ހަމަލާދިން 2 މީހަކު ހައްޔަރުކޮށްފި، އަނިޔާވި 3 ފުލުހުންނަށް ފަރުވާދެނީ
ތިން ފުލުހަކަށް ހަމަލާދިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މި ހާދިސާގައި ތިން ފުލުހުންނަށްވެސް އެކިވަރުގެ އަނިޔާވެފައިވާ ކަމާއި، އެކަމާއި ގުޅިގެން ދެމީހަކު ހައްޔަރުކުރި ކަމަށް ބުނުން ފިޔަވައި، އިތުރު ތަފްސީލެއް ފުލުހުން ހިއްސާއެއް ނުކުރެއެވެ.

ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ވެސް  ސާފުކޮށް ނުދެއެވެ. މިފަހަކުން އައިސް ފުލުހުން މީޑިއާތަކަށް މައުލޫމާތު ހިއްސާކުރުމުގައި ހާދިސާގެ ގިނަ މުހިންމު މައުލޫމާތުތަކެއް ނުދީ ހިފަހައްޓާކަން ފާހަގަކުރެވެއެވެ.

ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބައެެއް ވީޑިއޯތަކުން ފެންނަގޮތުން ސައިކަލަކާއިއެކު ވެއްޓިފައި އޮތް މީހަކު ފުލުހުން ނަގަން އުޅޭތަން ފެނެއެވެ. އަދި އޭނާގެ ފައިގައި ފޮތިގަނޑެެއް އޮޅައިގެން ހޮސްޕިޓަލަށް ގެންދިއުމަށް އަށިގަނޑަށް އަރުވާތަންވެސް ފެނެއެވެ.

އެވަގުތު އެތަނުގައި ގިނަ އަދަދެއްގެ ފުލުހުންވެސް ތިއްބެވެ. ދައުރުވާ ބައެއް ވީޑިއޯތަކާއިއެކު ކެޕްޝަންކޮށްފައި ވަނީ ހަމަލާދިނީ ގޭންގަކުން ކަމަށާއި، ހަމަލާދިނީ ޑީއީޑީ އޮފިސަރުންތަކަކަށް ކަމަށެވެ. 

ނަމަވެސް މިކަންވެސް ފުލުހުން ކަށަވަރެެއް ނުކޮށްދެއެވެ. އަދި ދޮގެއްވެސް ނުކުރެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް