ads
ޝަހީދު ހުސައިން އާދަމް ބިލްޑިންގ
އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި އަނެއްކާވެސް 3 މީހުން ހައްޔަރުކޮށްފި
އެއްޖިންސުން ގުޅުން ހިންގި މައްސަލައެއްގައި އަނެއްކާވެސް އިތުރު ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ދާދި ދެންމެއަކު ބުނީ، މި ތިން މީހުން ހައްޔަރުކުރީ އިއްޔެ ކަމަށެވެ. އެއީ 44 މީހަކާއި، 47 އަހަރު މީހެއްގެ އިތުރުން 50 އަހަރުގެ މީހެކެވެ. 

މިމީހުންގެ ބަަންދާއިމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އެންމެންގެ ބަންދަށްވެސް ވަނީ 10 ދުވަސް ޖަހާފައެވެ.  

އެއްޖިންސުން ގުޅުން ހިންގި މައްސަލައަކާއި ގުޅިގެން މިދިޔަ އަންގާރަ ދުވަހު ވެސް ތިން މީހަކު ހައްޔަރުކުރި ކަމަށް އިއްޔެވެސް ފުލުހުން ބުންޏެވެ.   އެދުވަހު ހައްޔަރުކޮށްފައިވަނީ 45 އަހަރުގެ މީހަކާއި، 47 އަހަރުގެ މީހަކާއި، 49 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނިނަަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ. އެއީ އަންހެން ނުވަތަ ފިރިހެން މީހުންތަކެއް ކަމެއްވެސް ފުލުހުން ހާމައެއް ނުކުރެއެވެ. 

މިމީހުންގެ ބަަންދާއިމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 45 އަހަރުގެ މީހާއަށް ފަސް ދުވަސް އަދި ދެންތިބި ދެމީހުންގެ ބަންދަށް 14 ދުވަސް ވަނީ ޖަހާފައެވެ. 

އެއްޖިންސުން ގުޅުން ހިންގި މައްސަލަތައް މިފަހުން ފެންމަތިވާން ފަށާފައިވަނީ، ބަގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރްއާއި ހައިޕްރޮފައިލް އެތައް ބަޔަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ލީކުވި ހިސާބުން ނެވެ.

ނަމަވެސް މިއީ އަލަމްގީރްގެ ކޭސްއާއި ގުޅިގެން ހައްޔަރުކުރި މީހުން ކަމަކަށް ފުލުހުން ނުބުނެ އެވެ.

އަލްމްގީރު ހައްޔަރުކުރީ، ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގާ، ގިނަ ބަޔަކު ބްލެކްމެއިލްކޮށްފައިވާ ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން މީގެ ކުރިން ބުނެފަވެ އެވެ. މިހާރު އޭނާގެ މައްޗަށް ކުށް ސާބިތުވެ ހުކުމް އިއްވާފައިވާއިރު އަލަމްގީރް ހައްޔަރުކުރިއިރު، އޭނާގެ ފޯނުން 200 އަށްވުރެ ގިނަ ދިވެހީންނާއިއެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތައް ފުލުހުން އަތުލާފައިވާ ކަމަށް ވެއެވެ. 

މި ވީޑިއޯތަކުގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން، މެރިން ކޮޕްސްގައި މަސައްކަތް ކުރާ ސިފައިންގެ މީހަކާއި،ޓީޗަރުުންތަކެއް ސަސްޕެންޑްކޮށްފައިވާއިރު، ހޯމް މިނިސްޓްރީގެ މުވައްޒަފެއްގެ އިތުރުން، ކަސްޓަމްސް ދެ މުވައްޒަފަކާއި، މަޖިލީހުގެ އިދާރީ މުވައްޒަފެއް ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ވަރަށްފަހުން، ޤުރުއާނާބެހޭ މަރުކަޒުގެ މުޝީރު އިބްރާހިމް ރާފިއު، އަލަމްގީރާއެކު ގުޅުން ހިންގާ ވީޑިއޯއެއްވެސް ވަނީ ލީކުވެފަ އެވެ. އޭނާ މިހާރު ވަނީ ފިލައިގެން ރާއްޖެ ބޭރަށްގޮސްފަވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ނަމަވެސް މީގެ ތެރެއިން ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ގައި މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއުގެ އިތުރުން  ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހީމާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އެވެ. 

މި ހަތަރު މީހުނަށް އެ މައްސަލާގައި ދައުވާ އުފުލުމަށްފަހު މިހާރު ތިބީ ދޫކޮށްލާފައެވެ. 

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް