ads
މުދަލު ޒަކާޓް ދައްކަނީ -- ފޮޓޯ: ރާއްޖެއެމްވީ
މިދިޔަ އަހަރު މުދަލު ޒަކާތް ދެއްކި އަދަދު 4.2 އިންސައްތަ އިތުރު
މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދެއްކި އަދަދު 4.2 އިންސައްތައިން އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ކުރިން ބަލައިގަންނަމުން އައި މުދަލު ޒަކާތް މީރާއިން ބަލައިގަންނަ ގޮތަށް ހަމަޖެއްސީ 2016 ވަނަ އަހަރު އެވެ.

މީރާގެ މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، އެ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 69 މިލިއަން ރުފިޔާއާއި 7,468 ޑޮލަރު ވަނީ ލިބިފަ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެކަނިވެސް 5.3 މިލިއަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވެ އެވެ.

ފާއިތުވި އަހަރާއި އަޅާ ބަލާއިރު 2018 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައި ވަނީ 66 މިލިއަން ރުފިޔާއާއި 5,554 ޑޮލަރެވެ. 

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ފަރުޟެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކިދާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް