ads
ބަލިތައް އިތުރުވާތީ ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އެދިފަ
ރާއްޖޭގައި 6 ބައްޔެއް ހަލުވި ކަމާއިއެކު ފެތުރޭތީ ސަމާލުވާން އަންގައިފި
ރާއްޖޭގައި ހަ ބައްޔެއް މިވަގުތު ހަލުވި ކަމާއި އެކު ފެތުރެމުން ދާތީ، އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން އިލްތިމާސް ކޮށްފި އެވެ.

އެޗްޕީއޭއިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މިވަގުތު ރާއްޖޭގައި ހަލުވި ކަމާއި އެކި، ހުމާއި ރޯގާ، ފާނަބަސަންދު، ހޭންޑް އެންޑް ފުޑް މައުތް، ލޮލު ރޯގާ، ބޭރަށް ހިންގުން އަދި ޑެންގީ ހުން ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ ކަމަށެވެ. 

އެޗްޕީއޭއިން އިތުރަށް ބުނީ، މިދިޔަ އަހަރުގެ ޖުލައި މަހު 3،088 މީހުން އަރިދަފުސް ޖެހިގެން ރިޕޯޓް ކުރި ކަމަށާއި، މި އަހަރުގެ ޖުލައި މަހު އަރިދަފުސް ޖެހިގެން ރިޕޯޓް ކުރި މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފަ ވާކަމަށެވެ. 

އެގޮތުން މި އަހަރުގެ ޖުލައި މަހު 27،553 މީހުން އަރިދަފުސް ޖެހިގެން ރިޕޯޓް ކޮށްފައި ވާކަމަށާއި، މި އަހަރުގެ އޮގަސްޓު މަހު 25،713 މީހުން އަރިދަފުސް ޖެހިގެން ރިޕޯޓް ކޮށްފައި ވާކަމަށެވެ. 

ވޭތުވެ ދިޔަ އަހަރުގެ މިދުވަސްވަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު އިތުރު ވެފައިވާ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. 

އެހެން ކަމުން ހުރިހާ ފަރާތްތަކުންވެސް ބަލިތަކުން ސަލާމަތްވުމަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފަ އެވެ. 

57%
ކަމުގޮސްފި
43%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް