ads
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މީރާއަށް ޖެނުއަރީ މަހު ލިބުނު އާމްދަނީ 1.8 ބިލިއަން ރުފިޔާއަށް
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ ޖެނުއަރީ މަހު އާމްދަނީގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މި އަހަރުގެ ޖެނުއަރީ މަހު ރެވެނިއުގެ ގޮތުގައި މީރާއަށް ލިބިފައި ވަނީ 64.3 އެމެރިކާ ޑޮލަރާއި 827.22 ދިވެހި ރުފިޔާ އެވެ.

މިދިޔަ ޖެނުއަރީ މަހު މީރާއަށް އާމްދަނީގެ ގޮތުގައި ލިބުނު ވަކިވަކި ބައިތަކަށް ބަލާއިރު ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ)ގެ ގޮތުގައި ލިބިފައިވަނީ 645.03 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބީޕީޓީގެ ގޮތުގައި ލިބިފައިވަނީ 881.56 މިލިއަން ރުފިޔާ އެވެ. 

ގްރީން ޓެކްސްގެ ގޮތުގައި މިދިޔަ ޖެނުއަރީ މަހު 84.9 މިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރުގެ ޖެނުއަރީ މަހު ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނ 78.2 ރުފިޔާ އެވެ. 

ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޖީއެސްޓީ)ގެ ގޮތިގައި މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި 807.13 މިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 792.01 މިލިއަން ރުފިޔާ އެވެ. 

އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 69.2 މިލިއަން ރުފިޔާއާއި، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ފީގެ ގޮތުގައި 3.6 މިލިއަން ރުފިޔާއާއި، ބިޒަނަސް ޕާމިޓްސްގެ ގޮތުގައި 3.9 މިލިއަން ރުފިޔާއާއި، ޖޫރިމަނާގެ ގޮތުގައި 16.1 މިލިއަން ރުފިޔާ ވެސް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި މީރާއަށް ލިބިފައިވެ އެވެ. 

މީގެއިތުރުން ލޭންޑް އެކުއިޒިޝަން އެންޑް ކޮންވާޝަން ފީގެ ގޮތުގައި 1.07 މިލިއަން ރުފިޔާއާއި، ނޮން ޕްރޮޕަޓީ ޓޫރިޒަމް އިންކަމްގެ ގޮތުގައި 13.8 މިލިއަން ރުފިޔާއާއި، ޕްރޮސީޑްސް ފްރޮމް ސޭލް އޮފް އެސެޓްގެ ގޮތުގައި 1.4 މިލިއަން ރުފިޔާ ވެސް މިދިޔަ ޖެނުއަރީ މަހު މީރާ އަށް ލިބިފައިވެ އެވެ. ރެޒިޑެންޓް ޕާމިޓްގެ ގޮތުގައި 25.3 މިލިއަން ރުފިޔާއާއި، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 40.1 މިލިއަން ރުފިޔާގެ އިތުރުން ވެހިކަލް ފީގެ ގޮތުގައި 10.3 މިލިއަން ރުފިޔާ ވެސް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި މީރާ އަށް ލިބިފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް