ads
މީރާއިން އަތޮޅު ތެރޭގައި ގާއިމުކޮށްފައިވާ އޮފީހެއް
މީރާއަށް ދައްކަންޖެހޭ ފައިސާ ބަހާލައިގެން ދެއްކޭނެ ލުއި ގޮތެއް ހޯދައިދީފި
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް އެކިއެކި ފަރާތްތަކުން ދައްކަންޖެހި ނުދެއްކި ހުރި ފައިސާ ބައިބަޔަށް ބަހާލައިގެން ދެއްކޭނެ ގޮތް ހަމަޖައްސައިދީފި އެވެ.

މީރާއިން މިފަދަ ލުޔެއް ދޭން ނިންމާފައިވަނީ މީރާގެ "އެންފޯސްމަންޓް ޕޮލިސީ" އަށް ގެނައި ތިންވަނަ އިސްލާހާ އެކު އެވެ. 

މިއިސްލާހުގެ ދަށުން ބައިބަޔަށް ބަހާލައިގެން ފައިސާ ދައްކަން އެދޭ ފަރާތްތަކުން މިމަހުގެ ނިޔަލަށް މީރާ އަށް ހުށަހަޅަންޖެހެ އެވެ. 

މީރާ އިން ބުނީ މިގޮތަށް ހުށަހަޅާ ފަރާތްތަކަށް ކޮމިޓްމަންޓް ޕޭމަންޓްގެ ގޮތުގައި އާންމުކޮށް ދައްކާ އަދަދަށް ވުރެ ކުޑަ އަދަދެއް ދައްކައިގެން ބާކީ ހުރި ފައިސާ ބައިބަޔަށް ބަހާލައިގެން ދެއްކުމަށް މީރާއާ އެކު އެއްބަސްވުމަކަށް އާދެވިދާނެ ކަމަށެވެ. 

މިއުސޫލުގެ ދަށުން ހުރިހާ ފަންތިއެއްގެ ވިޔަފާރިތަކަށްވެސް ލުއި ދިނުމަށް މީރާ އިން ވަނީ ނިންމާފަ އެވެ.

މީރާގެ އިސްވެރިންނާއި އެތަނުގެ ބޯޑަށް މިދިޔަ އަހަރުގެ ތެރޭގައި ބަދަލު ގެނެސް ސަރުކާރުން ދަނީ ވިޔަފާރިވެރިންނަށް ދަތިވާ ގޮތަށް މީރާގައި ހުރި އުސޫލުތައް ބަލައި ލުއިތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުން ކަމަށް ސަރުކާރުން މީގެކުރިން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް