ads
ޔާޔާ
ބަރަހަނާ ފޮޓޯ އާއްމު ކުރަމުންދާ ޔާޔާ އަނެއްކާވެސް ހައްޔަރު ކޮށްފި
ސޯޝަލް މީޑިއާގައި އަމިއްލަ އަށް ބަރަހަނާވެ، ފޮޓޯތައް އާއްމު ކުރަމުންދާ މުހައްމަދު ނަބީލް (ޔާޔާ) އަނެއްކާވެސް ހައްޔަރު ކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޔާޔާ ހައްޔަރު ކޮށްފައިވަނީ، ކޯޓު އަމުރެއްގެ ދަށުން ރޭ ގެ ވަގުތެއްގަ އެވެ. އޭނާ ހައްޔަރު ކޮށްފައި ވާއިރު، މީގެ ހަފްތާއެއްހާ ދުވަސް ކުރިންވެސް ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފަ އެވެ. 

އެހެން ނަމަވެސް އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފަ އެވެ. 

އޭނާ ދަނީ ޓިކްޓޮކުގައި އަންހެން ހެދުން އަޅައިގެންނާއި، ބަރަހަނާ ފޮޓޯތައް އާއްމުކުރަމުން ނެވެ. 

އޭނާ އަނެއްކާ ހައްޔަރު މިކުރީ ބަރަހަނާ ފޮޓޯތައް އާއްމުކުރަމުންދާއިރުވެެސް އޭނާއާއި މެދު ފިޔަވަޅު ނާޅާ ހުންނަ މައްސަލަ ނޫސްތަކުން ފެންމަތިކޮށްފައި ވަނިކޮށެވެ.

އަމިއްލައަށް ބަރަހަނާ މަންޒަރު ރެކޯޑްކޮށް އެމަންޒަރު އޭނާ އެންމެ ފުރަތަމަ  އާއްމުކުރީ، މިދިޔަ  އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. އޭރު ވެސް ފުލުހުން އޭނާ ހައްޔަރުކުރީ، ހައްޔަރު ކުރުން ލަސްވަމުން ދާތީ ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވެފައި ވަނިކޮށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް