ads
ލަންކާ މަސް ބޯޓު
ރާއްޖޭން މަސްވެރިކަން ކުރި ލަންކާ 2 ބޯޓު ޖޫރިމަނާކޮށްފި
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރި ލަންކާ 2 ބޯޓު ޖޫރިމަނާކޮށްފިއެވެ.

ފިޝަރީސް މިނިސްޓްރީން ބުނީ ލަންކާގެ މި ދެ މަސް ބޯޓަކީ އިން މިއަދު ބުނީ މި 2 އުޅަނދަކީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެމްއެންޑީއެފް ކޯސްޓްގާޑުން އަތުލައިގަތް 2 ބޯޓެވެ. ލަންކާގެ މި 2 ބޯޓު ޖޫރިމަނާ ކުރީ 700000 ރުފިޔާއިންނެވެ. އެއީ އޭގެން އެއް ބޯޓު 600000 ރުފިޔާއިން އަދި އަނެއް ބޯޓު 100000 ރުފިޔާއިންނެވެ.

"މަސްވެރިކަމުގެ ގާނޫނުގެ 80 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ ޤާނޫނުގެ ދަށުން އަދަބު ކަނޑައެޅުމުގެ ކުރިން ތުހުމަތުކުރެވޭ ފަރާތަށް ޖަވާބު ދާރީވުމަށް އަޑުއެހުމެއް ބާއްވަން ޖެހޭ. މަސްވެރިކަމުގެ ގާނޫނުގެ ދަށުން އިދާރީ ފިޔަވަޅު އެޅުމުގެ ކުރިން އުޅަނދުގެ މާސްޓަރު އަދި ވެރިފަރާތަށް ޖަވާބުދދާރީވުމުގެ ފުރުސަތު ދެވިފައިވޭ. ވެރިފަރާތަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަޑުއެހުމެއް ބާއްވައިގެން،" މިނިސްޓްރީ އިން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި 600000 ރުފިޔާއިން ޖޫރިމަނާ ކުރި ބޯޓުގައި 3 ޓަނުގެ މަސް ހުއްޓެވެ. އަނެއް ބޯޓު އޮތީ ހުސްކޮށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި 2 ބޯޓުންވެސްވަނީ ޖޫރިމަނާ ފައިސާ ދައްކާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް