ads
ޖޭއެސްސީގެ ބައެއް މެންބަރުން
ކަނޑޫދޫ އިސް މެޖިސްޓްރޭޓްގެ މައްސަލައެއް ނެތް: ޖޭއެސްސީ
ތަހުގީގު ކުރަމުންދާ ތާ 2 އަހަރު ފަހުން، ތ. ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފު އަބްދުއްސަމަދާ ގުޅޭ ގޮތުން ހުށަހެޅި މައްސަލަ ސާބިތު ނުވާ ޖުޑީޝަލް ސަވިސް ކޮމިޝަނުން ނިންމައިފިއެވެ.

2 އަހަރެއްހާ ދުވަހަށް ދެމިގެންދިޔަ ތަހުގީގުގެ ނޯޓިސް ޖޭއެސްސީން އަލީ ޝަރީފަށް ދީފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. އެ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމީ މި ހިނގާ ސެޕްޓެމްބަރު މަހުއެވެ. އެހެންކަމުން ޖޭއެސްސީގެ ތަހުގީގަށް ގާތްގަނޑަކަށް 2 އަހަރުވީއެވެ. މި މައްސަލައިގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބެލުމުގައި އާދަޔާ ހިލާފަށް ލަސްވަމުންދާ ކަމުގެ ޝަކުވާ ގާނޫނީ ދާއިރާގެ މީހުން ކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް