
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހައްޔަރު ކޮށްފައިވަނީ، ޔަމަށް ނިސްބަތްވާ ފިރިހެނެކެވެ. އޭނާ ވަނީ، ރާނީ އެލިޒަބަތްގެ ހައްގުގައި އުމްރާ ކުރާ ކަމަށްބުނެ ހަރަމްފުޅުގައި ހުރި ވީޑިއޯއެއް އާއްމުކޮށްފަ އެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި، އެމީހާ ހުރީ ރާނީ އެލިޒަބަތަށް ސުވަރުގެ މިންވަރު ކޮށްދިނުމަށް އެދި ދުއާ އެއް ލިޔެފައި ހުރި ބެނާއެއް ހިފައިގެންނެވެ.
މިކަމާއި ގުޅިގެން އޭނާ ހައްޔަރު ކޮށްފައި ވާއިރު، ސައުދީގެ ފުލުހުންނާއި ހަވާލާދީ ރިޕޯޓްތަކުގައި ބުނެފައިވަނީ، އެމީހާ ހައްޔަރު ކުރީ، އުމްރާގެ އަޅުކަން އަދާކުރަން ހެދިފައި ހުރި އުސޫލުތަކާއި ހިލާފު ވުމުން ކަމަށާއި، އަދި މިހާރު އޭނާ އަށް އެކަމުގައި ދޭންޖެހޭ އަދަބު ދިނުމުގެ ކަންކަން ކުރިއަށް ދާކަމަށް ވަނީ ބުނެފަ އެވެ.
ސައުދީގެ ޓީވީ ތަކުންވެސް ވަނީ އެމީހާ އެ ބެނާ ހިފައިގެން ހުރި ވީޑިއޯ އާއްމު ކޮށްފަ އެވެ. އެހެން ނަމަވެސް ޓީވީ ތަކުން ދުރަށް އެމަންޒަރު ދެއްކި އިރު ބެނާގައި ލިޔެފައި ހުރި ލިޔުންތައް ވަނީ ފުސް ކޮށްފަ އެވެ.