ads
ވޮލީ މުބާރާތުގެ ތެރެއިން - ފޮޓޯ އައިވެލް ޕޯޓްރެއިޓް
ހދ.އަތޮޅު ވޮލީ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި
ހދ.އަތޮޅު ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލުން އިންތިޒާމު ކުރާ މިމުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ އިއްޔެ އެކައުންސިލުން ކޮށްފައިވާ އިޢްލާނެއްގައެވެ.

ފިރިހެން އަދި އަންހެން ޓީމުތަކަށްވެސް މިމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވެއެވެ. މިމުބާރާތް އޮންނާނެ ތާރީޚެއް ކަމުގައި ހދ. އަތޮޅު ކައުންސިލުން ކަނޑައަޅުއްވާފައިވަނީ 10 އޮކްޓޫބަރު 2022 އެވެ. އަދި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހދ. ނޮޅިވަރަންފަރުގައެވެ. 

ހދ. އަތޮޅުގެ ކޮންމެ ރަށަކުންވެސް އަންހެން 1 ޓީމް އަދި ފިރިހެން 1 ޓީމް ބައިވެރިވެވޭނެ ކަމުގައި ކައުންސިލުން މަޢްލޫމާތު ދެއްވިއެވެ. 

އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 2022 ސެޕްޓެންބަރު 26 ވަނަ ދުވަހުގެ 13:00 އަށް ވަނީ ހުޅުވިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް