ads
މާލެ ސިޓީ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު
މާލޭ މޭޔަރު މުއިއްޒުގެ ޝަރީއަތެއް މިއަދު
ނޫމަޑި މައްސަލައިގައި ދޮގު ބަޔާން ދެއްވިކަމަށް ބުނެ މާލޭގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މިއަދު ބޭއްވުމަށް ތާވަލުކޮށްފިއެވެ.

އޮންލައިންކޮށް ކުރިއަށް ގެންދާ މި އަޑު އެހުން އޮންނާނީ މިއަދު މެންދުރު ފަހުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާކަމަށް ބުނެ ދޮގު ބަޔާނެއް ދީފައިވާ މައްސަލައެވެ. މި މައްސަލައިގެ އަޑު އެހުމެއް މި ބޭއްވެނީ ގިނަ ދުވަސްތަކަކަށް ފަހުއެވެ.

ދޮގު ބަޔާން ދިން މައްސަލަ މުއިއްޒުގެ މައްޗަށް ސާބިތު ވެއްޖެނަމަ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް