ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
ޓެރަރިޒަމުން ރާއްޖެ ރައްކާތެރިކުރުމަކީ މުޅި ދައުލަތުގެ ޒިންމާއެއް: ރައީސް
ޓެރަރިޒަމާއި ހަނގުރާމަތަކުގެ ނުރައްކާތެރިކަމުން ދިވެހިރާއްޖެ ރައްކާތެރިކޮށް ހިމާޔަތްކުރުމަކީ، ފަރުދީ އަދި ޖަމާއީ ފެންވަރުގައި ބައިވެރިވެގެން އަދާކުރަންޖެހޭ، މުޅި ދައުލަތުގެ ޒިންމާއެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެންވިދާޅުވީ މިއަހަރުގެ ބައިނަލްއަގްވަމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބާގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވައި ދެއްވި ހިތާބުގައެވެ.

ރައީސް ވިދާޅުވީ މިނިވަން ގައުމެއްގެ ގޮތުގައި އަޑު އުފުލަމުން އަންނައިރު، ޑިމޮކްރެސީއަށް ކުރިމަތިވާ ގޮންޖެހުންތަކާއި ނުރައްކާތަކާއި ހުރަސްތަކަށް، ވަރަށް ބޮޑަށް ސަމާލުވެ ފާރަވެރިވާންޖެހޭ ކަމަށެވެ.

އޭގެ ތެރެއިންވެސް މިއަދު ދުނިޔޭގެ ގިނަ ގައުމުތައް ތަޖުރިބާކުރަމުންދާ އެންމެ ބޮޑު ނުރައްކަލަކީ، ދިވެހިރާއްޖެވެސް ތަޖުރިބާކުރަން ޖެހިފައިވާ ތިމާވެށީގެ މައްސަލަތަކެވެ. ޓެރަރިޒަމާއި ހަނގުރާމަތަކުގެ ނުރައްކާތެރިކަން ވަކިން ކުޑައެއް ނޫނެވެ. މިއިން ކޮންމެ ކަމަކުން ދިވެހިރާއްޖެ ރައްކާތެރިކޮށް ހިމާޔަތްކުރުމަކީ، ފަރުދީ އަދި ޖަމާއީ ފެންވަރުގައި ބައިވެރިވެގެން އަދާކުރަންޖެހޭ، މުޅި ދައުލަތުގެ ޒިންމާއެކެވެ.

ޑިމޮކްރެސީ ދުވަހުގެ ގޮތުގައި ބައިނަލްއަގްވާމީ ގޮތުން ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް