ads
ނިޔާޒް ޕީޕީއެމްއަށް ސޮއި ކުރައްވާ މެމްބަރު ކަމުގެ ފޯމު ރައީސް ޔާމީން އާއި ހަވާލު ކުރައްވަނީ-- ފޮޓޯ:ޕީޕީއެމް
އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު, ނިޔާޒް ޕީޕީއެމް އަށް ސޮއި ކޮށްފި
އިކޮނަމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި، އަހުމަދު ނިޔާޒް، ޕީޕީއެމް އަށް ސޮއި ކުރައްވައިފި އެވެ.

ނިޔާޒް އަކީ މީގެ ކުރިން އެމްޑީޕީގެ މިލަންދޫ ދާއިރާގެ ގައުމީ މަޖިލީހުގެ ކުރީގެ މެމްބަރު ކަންވެސް ކުރައްވާފައި ހުންނެވި ބޭފުޅެކެވެ. 

ނިޔާޒް އިދިކޮޅު ޕީޕީއެމް އާއި ގުޅިވަޑައިގެން، މެމްބަރު ކަމުގެ ފޯމު ވަނީ، އެ ޕާޓީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުالله ޔާމީން އާ ހަވާލު ކުރައްވާފަ އެވެ. 

ޕީޕީއެމް އަށް ސޮއި ކުރެއްވުމަށްފަހު ނިޔާޒް ވިދާޅުވީ، އެމްޑީޕީއިން ވަކިވެ ޕީޕީއެމް އާ ގުޅުމަށް ނިންމީ، ވެރިކަމަށް އައުމަށް އެމްޑީޕީންވި ވައުދުތައް ނުފުއްދާ، އިންސާފު ހޯދައިދޭނެ ކަމަށް ބުނި މަރުތަކަށް އިންސާފު ހޯދައި ދެވިފައި ނުވާތީ ކަމަށެވެ. އަދި އެންމެ ބޮޑު އެއް ސަބަބަކީ، ރަސޫލާ އަށް ފުރައްސާރަ ކުރަމުންދާ މީހުންގެ ހިމާޔަތުގައި ސަރުކާރުން މަސައްކަތް ކުރަމުން ގެންދާތީ ކަމަށް ނިޔާޒް ވިދާޅުވި އެވެ. 

މިކަމާއި ގުޅިގެން "ސީއެންއެމް" އަށް މައުލޫމާތު ދެއްވި ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވީ، ނިޔާޒް ޕީޕީއެމް އާ ގުޅިވަޑައިގަތީ، ޕާޓީގެ އަސާސްތައް ގަބޫލުފުޅު ކުރައްވާ، ރައީސް ސޯލިހުގެ ސަރުކާރުން ކުރަމުން އަންނަ ނުރަނގަޅު ކަންކަމުގެ ސަބަބުން ކަމަށެވެ. 

އަދި ނިޔާޒް މެންފަދަ ބޭފުޅުން ޕީޕީއެމް އާ ގުޅުމުގެ ސިއްރަކީ ރައީސް ޔާމީންގެ ސިޔާސަތުތައް ކުރިއަރުވާ، 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބު ރައީސް ޔާމީން އަށް ކާމިޔާބު ކޮށްދެއްވުމަށް މަސައްކަތް ކުރެއްވުމަށް ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ. 

އިދިކޮޅު ޕީޕީއެމް އިން އަންނަނީ އެ ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން މިވަގު ޕީޕީއެމްގައި 33264 މެމްބަރުން އެބަ ތިއްބެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް