ads
އިމާރާތުގައި ރޯވެފައި
ޗައިނާގެ އުސް އޮފީސް އިމާރާތެއްގައި ރޯވެ އަދަނީ
ޗައިނާގެ ދެކުނުގެ ޕްރޮވިންސް، ހުނާންގެ ވެރިރަށް ޗަންގްޝާގެ ޑައުންޓައުންގައި ހުރި އުސް އޮފީސް އިމާރާތެއްގަައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގަައިފި އެވެ.

އަލިފާން ހިފާފައިވަނީ، 200 މީޓަރަށް ވުރެ އުސް ޓެލްކޮމް އިމާރާތެއްގައެވެ. އެތައް ސަތޭކަ ފްލޯއެއް ހުރި އެ އިމާރާތުގެ 10 ވަރަކަށް ފްލޯގައި އަލިފާންގަނޑު ހިފާ އަދަމުންދާ ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓުކޮށްފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވި ކަމެއް އަދި އެގިފައެއްް ނުވެއެވެ.

ހުނާން ޕްރޮވިންސްގެ ވެރިރަށް ޗަންގްޝާގެ އާބާދީއަކީ ގާތްގަނޑަކަށް 10 މިލިއަން މީހުންނެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް