ads
އައިފޯން 14 ޕްރީއޯޑަރު ކުރާ މީހުން ގިނަވެ، ދިރާގު ވެބްސައިޓު ޑައުންވެއްޖެ
ދިރާގުން އައިފޯން 14 ޕްރީއޯޑަރަށް ހުޅުވާލުމާއިއެކު ބާރުބޮޑުވެ، ދިރާގު ވެބްސައިޓު ޑައުންވެއްޖެ އެވެ.

އެޕަލްއިން އެންމެފަހުން ބާޒާރަށް ނެރުނު އައިފޯން 14 ޕްރޯ އަދި އައިފޯން 14 ޕްރޯ މެކްސްގެ ފޯނުތަކުގެ ޕްރީއޯޑާއަށް ދިރާގުން ހުޅުވާލާފައިވަނީ މިއަދު 14:00 އިން ފެށިގެންނެވެ.

ނަމަވެސް ދާދި ދެންމެއަކު ދިރާގުން ބުނީ، އައިފޯން 14 އަށް ލޯބިކުރާ މީހުންގެ ފަރާތުން ލިބެމުންދާ ބޮޑު ތަރުހީބާއިއެކު ދިރާގުގެ ސައިޓުވެސް ވެއްޓިފައިވާ ކަމަށެވެ. 

ހަތަރު ކުލައެެއްގައި މިފަހަރު ނެރުނު އައިފޯން 14 މާކެޓަށް ނެރެފައިވަނީ މިމަހުގެ ނުވަވަނަ ދުވަހު އެވެ. 

ގޯލްޑް، ސިލްވާ، ސްޕޭސް ބްލެކް އަދި ޑީޕް ޕާޕަލްގެ މި ފޯންތައް ދިރާގުގެ އިތުރުން އޫރިދޫއިން ވެސް މިހާރު ވަނީ ޕްރީ އޯޑާއަށް ހުޅުވާލާފައެވެ.

އަގުތައް އުޅެނީ 24،000 އާއި 27،000 ދެމެދުގައެވެ. 

63%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް