ads
ރާއްޖެއަށް އައި ފަތުރުވެރިންތަކެއް -- ފޮޓޯ: ހުރިހާ
1.1 މިލިއަން ފަތުރުވެރިންނާއިއެކު މިއަހަރުގެ ޓާގެޓާއި ގާތަށް ޖެހިލައިފި
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުގައި ވާގޮތުން މިމަސްތެރޭ އެކަނި، މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް، 51،400 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފަ އެވެ.

އެއާއިއެކު މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދުވަނީ 1،130،035 އަރާފައެވެ. 

ޓްއަރިޒަމް މިނިސްޓްރީން މިއަހަރަށް ލަފާކޮށްފައިވާ ފަތުރުވެރިންގެ އަދަދަކީ 1.6 މިލިއަނެވެ. މި ޓާގެޓު ހަމަވުމާއި ގާތަށް ޖެހިލާފައިވާއިރު، މިއަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިންޑިއާއިންނެވެ. އެގައުމުން މިހާތަނަށް 160،099 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެެއެވެ.

ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެއީ، 132،04 ފަތުރުވެރިންނެވެ. 

ތިން ވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް