ads
މަޖިލީހުގެ ރިޔާސަތުގައި ރައީސް ނަޝީދު
ޑޮލަރުގެ އަގު 17 ރުފިޔާއަށް ކަނޑައަޅަން ޖެހޭ
ރާއްޖޭގައި ޑޮލަރުގެ އަގަކީ 17 ރުފިޔާކަމަށް ހަދަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަރަދޫގައި އެމްޑީޕީގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ހުކުރު ދުވަހުގެ ރޭ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

"ރާއްޖޭގައި އެ ފައިސާ ބެހެއްޓުމައްޓަކާ ބޭނުންވާ އުސޫލްތަކާއި ހަމަތައް މި ސަރުކާރުން ދަމަހައްޓާނެ، މި ސަރުކާރުން އިރާދަކުރެއްވިއްޔާ އެ ހަމަތައް ގާއިމް ކުރާނެ. އެއީ ކޮންމެ ޑޮލަރެއް ފަހާ ފުލުސް އޮފިސަރެއް ބަހައްޓާއިގެން ކުރަންޖެހުނު ކަމެއް ކަމުގައި ވިޔަސް ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރާނެ،" 2011 ވަނަ އަހަރުގެ މާރިޗު މަހުގެ ފަހުކޮޅު ރައީސް ނަޝީދު ވިދާޅުވި އެވެ.

 ރިޕޯޓްތައް ބުނާ ގޮތުން، ރައީސް ނަޝީދު ރޭ ވިދާޅުވީ ރާއްޖޭގައި ބޭރު ފައިސާ، އެމެރިކާ ޑޮލަރަށް އޮތް ދަތިކަން ހައްލުކޮށް ބޭރު ފައިސާގެ ރިޒާވް ހިފެހެއްޓެން އޮތީ ޑޮލަރެއްގެ އަގު 17 ރުފިޔާ ކަމުގައި ކަނޑައަޅާ ބެންކުތަކުން ވެސް އެ ރޭޓްގައި ޑޮލަރު ވިއްކަން ފެށުމުން ކަމަށެވެ. 

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ބޭރު ފައިސާގެ ރިޒާވް އޮތީ "ހާސް" ވާން ޖެހޭ މިންވަރެއްގައި ކަމަށެވެ. އަދި ރިސޯޓްތަކުގެ މުވައްޒިފުންނަށް މުސާރަ ދިނުމަށް ބެންކުތަކުން ފައިސާ މާރުކުރަން ޖެހޭއިރު ބެލެކް މާކެޓްގައި ޑޮލަރުގެ އަގު މުޅީން ތަފާތު ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

"ޑޮލަރު ބްލެކް މާކެޓްގައި ވިއްކުނީމާ ދެން ވާގޮތަކީ އެއިން ބޮޑު ފައިދާއެއް އެބަ ނެގޭ. އެހެންވީމަ އެކަމުގައި ކޮންޓްރޯލަށް އަނެއްކާ ވެސް އަޅުގަނޑަށް ފެންނަނީ ކަރަންސީ ފްލޯޓް ކުރަން. އެ ގޮސް އެ ހަގީގީ އަގެއްގައި އެ ހުންނަތަނެއްގައި ހުންނަން. މިހާރު ޑޮލަރެއް ލިބެނީއެއް ނޫން 17 ރުފިޔާ ނުދީއެއް. ދެން ކޮމެހެނެއް އޭގެ އަގަކީ 15.42 އޭ ކިޔައިގެން އޮޅުވާލަނީ. ކިހިނެތްތޯ އޮޅުވާލަނީ، އަމިއްލަ އަތުން ވިއްޔަ ހަރަދު ކުރަނީ" ނަޝީދު ވިދާޅުވި އެވެ.

ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި، ޑޮލަރުގެ އަގު 17 ރުފިޔާއަށް ވުރެ މައްޗަށް އަރާފައިވާއިރު، ރައީސް ނަޝީދުގެ ވެރިކަމުގައި ޑޮލަރުގެ އަގު އަރައިގެން ދިޔުމުން އެ މަނިކުފާނުވަނީ ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހަކު ބަހައްޓައިގެން ނަމަވަސް ބޭރު ފައިސާ ރާއްޖޭގައި ހިފަހައްޓަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

13%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް