ads
ހުޅުމާލޭގައި ތަރައްގީ ކުރަން ހަމޖެހިފައިފާ ޗެނަލް ޕާކްގެ އެނިމޭޝަން އިން ނަގާފައިވާ ސްކްރީން ޝޮޓެއް
ހުޅުމާލެ ދެ ފިޔަވަހި ގުޅޭ ސަރަހައްދުގައި ޗެނަލް ޕާކެއް ހަދަނީ
ހުޅުމާލޭގެ ދެ ފިޔަަވަހި ގުޅޭ ސަރަހައްދުގައި "ޗެނަލް ޕާކް ބޮލްޔާޑް ލިންކް"ގެ ނަމުގައި ޗެނަލް ޕާކެއް ތަރައްގީ ކުރަން ނިންމައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ވަނީ މި ސަރަހައްދު ތަރައްގީކޮށް ނިމޭއިރު އޮންނާނެ ގޮތުގެ އެނިމޭޝަން ވީޑިއޯއެއް އާންމު ކޮށްފަ އެވެ. 

މި ވީޑިއޯ އިން ފެންނަ ގޮތުގައި މި ސަރަހައްދު ތަރައްގީކޮށް ނިމޭއިރު، އެތަނުގައި ކުޑަކުދިން ކުޅޭނެ ސަރަހައްދަކާއި، ރެސްޓޯރެންޓާއި، ސްކޭޓް ޕާކެއްގެ އިތުރުން ރޮވިން ކްލަބް އެއް ހުންނާނެ އެވެ. މީގެ އިތުރުންވެސް ރައްޔިތުން ހިތްހަމަޖައްސާލުމަށް ގިނަ ވަސީލަތްތަކެއް މިސަރަހައްދުގައި ގާއިމުކުރުމަށްވެސް ވަނީ ނިންމާފަ އެވެ. 

މިސަރަހައްދު ތަރައްގީކޮށް ނިމޭނެ ދުވަހެއް އެޗްޑީސިން ބުނެފައި ނުވި ނަމަވެސް މި ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވާތީ އެޗްޑީސީން މިހާރު ވަނީ މި ސަރަހައްދުގައި ކުރިން ބާބަކިޔު ހެދުމަށް ބޭނުންކުރި ސަރަހައްދު ވެސް ބަންދުކޮށްފަ އެވެ. 

ހުޅުމާލޭގެ ދެފޭސް ގުޅާލުމަށް އޮއި ދެމޭގޮތަށް އަޅާ ހަތަރު ބްރިޖުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ނިމޭނެ ކަމަށް އެޗްޑީސީން މައުލޫމާތުދެ އެވެ. މި ބްރިޖުތައް ހެދުމުގެ މަސައްކަތް ކުރަނީ ސައުދީ ފަންޑުން ދީފައިވާ 80 މިލިއަން ޑޮލަރުގެ ލޯނު އެހީގަ އެވެ. 

މި ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތްވެސް ކުރަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި 7،000 ފްލެޓުގެ މަސައްކަތް ކުރާ ޗައިނާގެ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީސީ) އިންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް