ads
ދޮންދިގު އަދި އަލްމަގިރި
އެއް ޖިންސުން ގުޅުން ހިންގި ފުލުސް މީހާގެ ޝަރިއަތް މިއަދު
އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ދައުވާކޮށްފައިވާ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ އަބްދުއްރަހްމާން ރަފީއު (ދޮންދިގު) ގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ބާއްވަން ތާވަލުކޮށްފިއެވެ.

އެމްޑީ އަލަމްގީރް އަލަމްގީރުއާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ ދޮންދިގުގެ ޝަރީއަތުގެ އަޑުއެހުން އޮތީ މިއަދު މެންދުރުއެވެ. މި ބާވަތުގެ އެހެން މައްސަލަތަކެކޭ އެއް ގޮތަށް މި މައްސަލައިގެ އަޑުއެހުންވެސް ހިންގާނީ އާއްމުކޮށް ހުޅުވާނުލައެވެ. މި މައްސަލައިގައި ކުރިން އޮތް އަޑު އެހުމުގައި ދޮންދިގު ބޭނުންވަނީ ވަކީލަކާއެކު ކުރިއަށްދާން ކަމަށް ބުނެފައިވާތީ އޭނާއަށްވަނީ އެ ފުރުސަތު ދީފައެވެ. މިއަދު އޮންނާނީ ވަކީލަކާއެކު މައްސަލައަށް ދޮންދިގު ޖަވާބުދާރީވުމެވެ.

އެއް ޖިއްސުން ގުޅުން ހިންގި މައްސަލައިގައި ޖުލައި މަހު ފަހުކޮޅު ދޮންދިގުވަނީ ތަހުގީގަށް ހައްޔަރުކޮށްފައެވެ. އޭނާ ފުލުހުންގެ ވަޒީފާއިން ވަކިކުރިކަމެއް ނޭނގެއެވެ. އޭނާ ބަންދުން ދޫކޮށްލާފައިވަނީ ދައުވާ ކުރަން ކޯޓަށް ފޮނުވުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް