އެސްޓީއޯ "ދޮވެ ހިއްކާ" ޕްރޮމޯޝަން
އެސްޓީއޯ އިން ދޮވެ ހިއްކާ ޕްރޮމޯޝަން ފަށައިފި
Share
އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ވިއްކާ ހިޓާޗީ ބްރޭންޑްގެ ދޮންނަ މެޝިނަށް ހާއްސަ ޕްރޮމޯޝަނެއް ކަމަށްވާ، "ދޮވެ ހިއްކާ" ޕްރޮމޯޝަން ފަށައިފި އެވެ.
Advertisement

މިއަދުން ފެށިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން، ޕްރޮމޯޝަންގައި ހިމެނޭ ހިޓާޗީ ބްރޭންޑްގެ ކޮންމެ މެޝިނަކުންވެސް 10 އިންސައްތައިގެ ޑިސްކައުންޓެއް ދިނުމަށް އެސްޓީއޯއިން ވަނީ ނިންމާފަ އެވެ. 

މީގެ އިތުރުން ބައްލަވައިގަންނަ ޕްރޮމޯޝަންގައި ހިމެނޭ ހިޓާޗީ ބްރޭންޑްގެ ކޮންމެ މެޝިނަކާއި އެކުމ ޕާސިލް ބެރޭންޑްގެ ތިން ފުޅު ޑިޓާޖެންޓް މި ޕްރޮމޯޝަންގެ ދަށުން ދިނުމަށް ވަނީ ނިންމާފަ އެވެ.

އެސްޓީއޯއިން އިތުރަށް ބުނީ، ހިޓާޗީ މެޝިން ބައްލަވައިގަންނަވާއިރު، ކޮންމެ 1،000 ރުފިޔާއަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ. 

އަދި ޕްރޮމޯޝަނުން އެއްވަނައަށް ހޮވޭ ފަރާތަކަށް ހިޓާޗީ ފްރިޖެއް ދިނުމަށް ނިންމާފައި ވާއިރު، ދެވަނައަށް ހޮވޭ ފަރާތަށް 12000 ބީޓީޔޫގެ ހިޓާޗީ އެއާކޮންޑިޝަނާ އެއް އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް ހިޓާޗީ ޝަވާ ހީޓަރ އަކާއި 32 އިންޗީގެ ހިޓާޗީ ޓީވީއެއް ލިބޭނެ ކަމަށެވެ. 

މީގެ އިތުރުން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ހަތް ފަރާތަކަށް ހިޓާޗީ ވެކިއުމް ކްލީނާއެއް ލިބޭނެ ކަމަށްވެސް އެސްޓީއޯއިން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް