ads
މިނީ ބަހުގެ ހިދުމަތް ފަށާފައިވަނީ އިއްޔެ
އިތުރު ދެ ހަފްތާއަށް މިނީ ބަސް ދަތުރުތައް ހިލޭ ދޭން ނިންމައިފި
ފީ ނަގަން ފެށިޔަސް ކުޑަކުދިންނާއި، ދުވަސްވީ މީހުންނަށް ދަތުރު ހިލޭވާނެ
މިނީ ބަހުގެ ހިދުމަތް އިތުރު ދެ ހަފްތާއަށް ހިލޭ ފޯރުކޮށްދޭން ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ މިގޮތަށް ނިންމާފައިވަނީ، ބަހުގެ ހިދުމަތް ބޭނުން ކުރާ ފަރާތްތަކަށް އެ ހިދުމަތުގެ ތަޖުރިބާ ކުރުމުގެ ފުރުސަތު އިތުރަށް ދިނުމަށް ކަމަށެވެ.

އަދި ހިދުމަތުގެ އަގު ނަގައިގެން ދަތުރު ކުރަން ފެށުމާ އެކު ޓިކެޓު ނަގަން ބޭނުން ކުރަންޖެހޭ ޓެރަވަލް އެޕަށް އާއްމުން އަހުލުވެރި ކުރުމަކީ ވެސް ހިލޭ ދަތުރު ކުރެވޭ މުއްދަތު އިތުރު ކުރި ސަބަބެއްް ކަމަށް އެމްޓީސީސީން ބުނެ އެވެ. 

ފީ ނަގަން ފެށިޔަސް ކުޑަކުދިންނާއި، ދުވަސްވީ މީހުންނަށް ދަތުރު ހިލޭ ކުރެވޭނެ

ދަތުރުތަކަށް އަގު ނަގަން ފެށި ނަމަވެސް 65 އަަހަރު މީހުންނާއި ކުޑަކުދިންނަށް މިނީ ބަހުގެ ހިދުމަތް ދެމުންދާނީ ހިލޭ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ. އުމުރުން 65 އަހަރުން މަތީގެ މީހުނާއި ކުޑަކުދިން އައިޑީކާޑު ދެެއްކުމުން ފީއެއް ނުނަގާނެ އެވެ.

މާލޭ ސަރަހައްދުގައި މިނީ ބަހުގެ ހިލޭ ދަތުރުތައް ފަށާފައިވަނީ، މިމަހުގެ ފަސް ވަނަ ދުވަހު އެވެ. ފުރަތަމަ މި ދަތުރުތައް ހިލޭ ކުރާގޮތަށް އޮތީ މާދަމާގެ ނިޔަލަށެވެ. ނަމަވެސް އިތުރު ދެ ހަފްތާއަށް ހިލޭ ދަތުރުތައް އިތުރު ކުރުމުން މިނީ ބަހުގެ ހިދުމަތް ބޭނުން ކުރާ ފަރާތްތަކުގެ އަތުން ފީ ނަގަން ދެން ފަށާނީ އަންނަ މިމަހުގެ 22 ހާތާއެވެ.

މިނީ ބަހުގެ ހިދުމަތުގެ ފީ އަކީ ހަތް ރުފިޔާ އެވެ.

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް