ads
މިޔަންމާ- ރާއްޖެ މެޗުގެ ތެރެއިން
ލަނޑެއްވެސް ނުޖެހި ޒުވާން ޓީމު ކޮލިފައިން ނިންމާލައިފި
އަންޑަ 20 އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ޒުވާން ފުޓްބޯޅަ ޓީމު ކުޅުނު ފަހު މެޗުންވެސް ބަލިވެއްޖެއެވެ.

ފަހު މެޗުގައި ދިވެހި ޓީމު ރޭ ބަލިވީ މިޔަންމާއާ ވާދަކޮށް 3-0 ންނެވެ. މި މެޗާއެކު ކޮލިފައިންގައި ރާއްޖޭން ކުޅެން ޖެހޭ މެޗުތައް ނިމުނީއެވެ. ރާއްޖޭގެ ޒުވާން ޓީމު ސައުދީ އަރަބިއްޔާގައި 4 މެޗު ކުޅުނު އިރު 4 މެޗުންވެސް ވީ ބައްޔެވެ. 

ފުރަތަމަ މެޗުގައި އުޒްބަކިސްތާނު އަތުން 7-0 ރާއްޖެ ބަލިވިއިރު 2ވަނަ މެޗުގައި ސައުދީ އަތުން ބަލިވީ 11-0 ގެ ބޮޑު ތަފާތަކުންނެވެ. 3 ވަނަ މެޗުގައި ކުޅުނީ ޗައިނާއާއެވެ. ޗައިނާ އަތުން ދިވެހި ޓީމު ބަލިވީ 5-0 ނެވެ. އަދި ފަހު މެޗުގައި މިޔަންމާ އަތުންނެވެ. 

ކޮލިފައިންގައި ރާއްޖޭން ކުޅުނު 4 މެޗުގައި ރާއްޖެއަށް އެންމެ ލަނޑެއްވެސް ނުޖެހެއެވެ. 

ގާތް ގާތުގައި ދިވެހި ޒުވާން ޓީމުތަކުން ނެރެމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން ޓުވާޑްސް ފިއުޗަގެ ނަމުގައި އެފްއޭއެމުން ހިންގާ ޕްރޮގްރާމާ މެދު ސުވާލު އުފެދެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް