އެމްޓީސީސީގެ އެމްޑީ އާޒިމް
އެމްޓީސީސީގެ "ބޮޑު ޖައްރާފާ"ގެ ލޯންޗްކޮށްފި
Share
އެމްޓީސީސީގެ އާ ޑްރެޖަރު، "ބޮޑު ޖައްރާފާ" ލޯންޗްކޮށް، އޭގެ ފުރަތަމަ ޕްރޮޖެކްޓް ފަށައިފިއެވެ. ބޮޑު ޖައްރާފާގެ ފުރަތަމަ ޕްރޮޖެކްޓަކީ ގއ. ދާންދޫ ބިން ހިއްކުމެވެ.
Advertisement

މި ޕްރޮޖެކްޓް ފެށުމަށް ރޭ ދާންދޫގައި ބޭއްވި ހަފްލާގައި ވަނީ "ބޮޑު ޖައްރާފު" ފުރަތަމަ ފަހަރަށް ދައްކާލާފައެވެ. މިއީ ކަނޑުގެ 18 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލުކަން ލިބިފައިވާ އައިއެޗްސީ ބީވާގެ އެންމެ ފަހުގެ މޮޑެލްގެ ކަޓާ ޑްރެޖަރެއް ކަމަށް އެމްޓީސީސީން ބުންޏެވެ.  

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ބޮޑު ޖައްރާފާއެކު، އަންނަ މަސް ތެރޭ މަސައްކަތް ނިންމާނެ ކަމަށެވެ. "އިރާދަކުރެއްވިއްޔާ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން އަޅުގަނޑުމެން މި މަސައްކަތް ނިންމާ، ތިބޭފުޅުންނާ ހަވާލުކުރާނަން' އާޒިމް ވިދާޅުވިއެވެ.

ދާންދޫ ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 25 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް