ads
ޖޭއެސްސީގެ ބައެއް މެންބަރުން
5 ރަށަކަށް މެޖިސްޓްރޭޓުން ހޯދަނީ
5 ރަށަކަށް މެޖިސްޓްރޭޓުން ހޯދަން އިއުލާންކޮށްފިއެވެ.

ޖޭއެސްސީން މިއަދު އިއުލާން ކޮށްފައިވަނީ ނ. ވެލިދޫ، ޅ. ހިންނަވަރު، ގދ. ތިނަދޫ، ގދ. ފަރެސްމާތޮޑާ އަދި ގއ. ގެމަނަފުށްޓަށް މެޖިސްރްރޭޓުން ހޯދާށެވެ. މި މަގާމްތަކަށް އެދޭ ފަރާތްތަކުން އަންނަ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުގެ ކުރިން ޖޭއެސްސީއަށް ހުށަހަޅަން ޖެހެއެވެ. 

މެޖިސްޓްރޭޓަކަށް މުސާރައިގެ ގޮތުގައި ލިބޭނީ 21000 ރުފިފާއެވެ. އޭގެ އިތުރުން ލިވިން އެލަވަންސާ ފޯނު އެލަވަންސް އަދި މެޑިކަލް އިންޝޫރެންސް ލިބޭނެއެވެ. މެޖިސްޓްރޭޓަކަށް ވެވޭނީ އުމުރުން 25 އަހަރުން މަތީގެ މީހުންނަށެވެ. އަދި ގާނޫނީ ދާއިރާއިން ދަށްވެގެން ޑިޕްލޮމާއެއް އޮންނަން ޖެހޭނެއެވެ، 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް