ads
ޖާބިރު
ވެރިކަމަށް އައުމާއި އެކު ޑޮލަރުގެ އަގު 7 ރުފިޔާއަށް ތިރިކުރާނަން: ޖާބިރު
ދިވެހި ރާއްޖޭގެ ވެރިކަމަށް އަންނަ ދުވަހުން ފެށިގެން ޑޮލަރުގެ އަގު ހަތް ރުފިޔާއަށް ތިރި ކުރާނެ ކަމަށް، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުالله ޖާބިރު ވިދާޅުވެއްޖެ އެވެ.

ޖާބިރު މިފަދައިން ވިދާޅުވެފައި މިވަނީ، ޑޮލަރުގެ އަގު 17 ރުފިޔާއަށް ބޮޑު ކުރަން ޖެހޭ ކަމަށް، އައްޑޫ ސިޓީގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާފައި ވަނިކޮށެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަތީ ތައުލީމާއި ތަމްރީންގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލިހުގެ ތުލުސްދޫ ދާއިރާގެ އަމިއްލަ މެމްބަރު އިބްރާހިމް ނަސީމް ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ، މި ވާހަތައް ދައްކަވަނީ، ވަރަށް ހަޔާ އެޑިޔުކޭޝަން އާ އެކު ކަމަށާއި، ރާއްޖޭގެ ވެރިކަމަށް އަންނަ ދުވަހުން ފެށިގެން ޑޮލަރުގެ އަގު ހަތް ރުފިޔާއަށް ތިރިކުރާނެ ކަމަށެވެ. 

އަދި ރާއްޖޭގައި ކަސީީނޯ ހިންގުމުގެ ލައިސެންސް ދޭން ޖެހޭ ކަމަށާއި، އޭރުން ރާއްޖެއަށް ބިލިއަނުން ޑޮލަރު ވަންނާނެ ކަމަށް ޖާބިރު ވިދާޅުވި އެވެ. 

މަޖިލީހުގެ ތަޅުމުގައި ޖާބިރު ކަސީނޯގެ ވާހަކަ ދެއްކެވެމުން، ކެލާ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ ނިޒާމީ މައްސަލައެއް ނަންގަވާ، މެމްބަރު ޖާބިރު އިސްލާމް ދީނާއި ހިލާފަށް ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ. އެކަމަށް ރައްދު ދެއްވާ ޖާބިރު ވިދާޅުވީ، މެމްބަރު ޝަރީފްގެ ހޮޓަލުގައި މިހާރުވެސް ކަސީނޯ ހިންގަމުން އަންނަ ކަމަށާއި، އޭގެން އެއްވެސް ޓެކްސް އެއް ސަރުކާރަށް ނުދައްކާ ކަމަށެވެ. 

އަދި އެކަން ކުރަމުން ދަނީ، ކޮވިޑް ދުވަސްވަރުން ފެށިގެން ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް