ads
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
ވޭޖް ބޯޑުން މިނިމަމް ވޭޖްގެ ގޮތުގައި ހުށައެޅީ 6،400 ރުފިޔާ
ރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރައަކީ 6،400 ރުފިޔާ ކަމުގައި ހަަމަޖެއްސުމަށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް ލަފާ ދީފި އެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ މި އަދަދާއި މެދު ރައްޔިތުންގެ މަޖިލީހުގެ ލަފަޔަކަށް މިހާރު އެދިވަޑައިގެންފައިވާ ވާނެ ކަމަށާއި މިއީ މުސާރަ ދޭން ތިބި މީހުންނަށް ދެވޭ ވަރުގެ އަދަދެއްކަން ވެސް ކަށަވަރުކުރަން ޖެހޭ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ، އިންޓަނޭޝަނަލް ލޭބަ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ލަފާ ދީފައި ވަނީ ރާއްޖޭގެ މިނިމަމް ވޭޖްގެ ގޮތުގައި 6،000 ރުފިޔާ އާއި 6،500 ރުފިޔާއާ ދެމެދުގެ އަދަދެއް ހަމަޖައްސަން ކަމަށާއި މިހާރު ކަނޑައަޅާފައި އޮތް އަދަދަކީ ވޭޖް ބޯޑުގެ ކްރައީޓިރިއާގެ ތެރެއިން ކަނޑައެޅި އަދަދެއް ކަމަށެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވީ މައިކްރޯ އަދި ކުދި ވިޔަފާރިތަކަށް މިހާރު ހުށަހަޅާފައިވާ އަދަދު މުސާރައިގެ ގޮތުގައި ދޭން އުދަނގޫ ވެދާނެ ކަމަށާއި އެކަމާމެދު ކަންބޮޑުވުންތައް އެބަހުރި ކަމުގައެވެ. އަދި ވަޒީފާ ދޭން ތިބި މިފަދަ ފަރާތްތަކަށް ނުދެވޭ ވަރުގެ އުޖޫރައެއް ކަނޑައަޅާ މަޖުބޫރު ކުރުމުން ވިޔަފާރިތައް ބަނގުރޫޓުވެ ވަޒީފާތައް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމުގައެވެ. 

މިނިމަމް ވޭޖް އަދިވެސް މާ ކުޑައޭ ބުނެ ދެކެވޭ ވާހަކަތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ މިނިމަމް ވޭޖް އާއި ލިވިން ވޭޖަކީ ވަރަށް ތަފާތު ދެ އެއްޗެއް ކަމަށާއި ދުނިޔޭގެ އެއްވެސް ގައުމެއްގައި ލިވިން ވޭޖް ނުވަތަ މީހެއްގެ ދިރިއުޅުމުގެ ހުރިހާ ހަރަދެއް ހަމަޖެއްސޭ ވަރުގެ އުޖޫރައެއް ދޭން ލާޒިމް ނުކުރާ ކަމުގައެވެ. 

މިނިމަމް ވޭޖް ކޮންމެ ދެ އަހަރުން އެއް އަހަރު ރިވައިޒް ކުރާނެ ކަމަށާއި އަދި އިގުތިސާދީ ހާއްސަ ހާލަތެއް ދިމާވެއްޖެ ނަމަ މިނިމަމް ވޭޖްގެ ގޮތުގައި ދޭނެ އަދަދު، ދެ އަހަރުގެ ކުރިން ވެސް ރިވައިސް ކުރަން ޖެހިދާނެ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. 

"މިހާރު" ނޫހަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އިތުރަށް ވިދާޅުވީ ރިސޯޓް ތަކުގެ މުއައްޒަފުންނަށް މިނިމަމް ވޭޖެއް ހުށައަޅާނަމަ އެ ފަރާތްތަކަށް ދެވޭނެ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައަޅާނީ 6،400 ރުފިޔާ އާއި 8،000 ރުފިޔާ އާއި ދެމެދުގެ އަދަދެއް ކަމުގައެވެ. ރިސޯޓްތަކުން ތިބީ ސާވިސް ޗާޖާ އެކު 10،000 ރުފިޔާގެ މުސާރައެއް ދޭން ތައްޔާރަށް ކަމަށާއި އެހެން ނަމަވެސް ސާވިސް ޗާޖާ އެކު މިނިމަމް ވޭޖް ދޭން ބޭނުން ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މީގެ އިތުރުން މިނިސްޓަރު ވަނީ މިނިމަމް ވޭޖް ފަށައި ގަންނަ އިރު ބިދޭސީން ނުހިމެނޭނެ ކަމަށާއި މިހާރު ހުށަހަޅާފައިވާ ރޭޓުން ބިދޭސީންގެ މުސާރަ އިތުރު ކުރި ނަމަ ވެސް ލޯ ސްކިލްޑް ލޭބަރުންގެ މުސާރަ ގާތްގަނޑަކަށް ދެ ގުނަ އިތުރުވެގެން ދާނެ ކަމުގައެވެ. 

މިނިސްޓަ ފައްޔާޒް ވަނީ ދިވެހިންނާއި ބިދޭސީންނަށް އެއް ހަމަޔެއްގައި މިނިމަމް ވޭޖް ކަނޑައެޅުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި އެހެން ނަމަވެސް ބިދޭސީން އިސްތިސްނާ ކުރުމަކީ މައްސަލައެއް ނޫން ކަމަށް އިންޓަނޭޝަނަލް ލޭބަ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ވެސް ލަފާ ދީފައިވާ ކަމަށެވެ.

އެންމެ ކުޑަ އުޖޫރަ ދިނުމަށް ކަނޑައަޅާފައިވާ ދާއިރާ ތަކަކީ ޓޫރިޒަމް، އިމާރާތްކުރުމުގެ ދާއިރާ، މަސްވެރިކަން، ދަނޑުވެރިކަން، ތައުލީމީ ދާއިރާ، އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކެވެ. 

47%
ކަމުގޮސްފި
1%
އަޑުއެހިތާ މިހުރީ
49%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް