ads
ކިޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--
ރާއްޖޭގައި ކޮރޯނާވައިރަހަށް ޓެސްޓު ކުރެވޭނެ ގޮތް ހަމަޖައްސައިފި
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ޓެސްޓް ކުރެވޭނެ ގޮތް ރާއްޖޭގައި ހަދައިފި އެވެ.

 ކޮރޯނާ ވައިރަހަށް ޓެސްޓް ކުރެވޭނެ ކިޓްތައް ރާއްޖެއަށް ހަދިޔާކުރީ ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ފަރާތުންނެވެ. އެގޮތުން މި ބައްޔަށް ޓެސްޓް ކުރެވޭނެ 10 ކިޓްވަނީ ހަވާލުކޮށްފަ އެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މި ކިޓްތައް ބޭނުންކޮށްގެން 1000 މީހުން ޓެސްޓް ކުރެވޭނެ އެވެ. 

 ޕާސަނަލް ޕްރޮޓެކްޝަން އިކުއިޕްމެންޓް (ޕެޕް)  ވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެއަށް ހަދިޔާ ކުރި އެވެ. މިއީ  އެ ވައިރަސް ހުރި ކަމަށް ޝައްކުކުރެވޭ މީހުންނާ އެކު މަސައްކަތްކުރާ ސިއްހީ މަސައްކަތްތެރިންނަށް ރައްކާތެރިކަން ފޯރުކޮށްދޭ އިކުއިޕްމެންޓެކެވެ.

އެގޮތުން މިހާރު މި ވައިރަހަށް ޓެސްޓްކުރެވޭނެ ގޮތް ވަނީ އައިޖީއެމްއެޗްގައި ހަދާފަ އެވެ. އަދި ޓެސްޓުގެ ނަތީޖާ ގާތްގަނޑަކަށް 12 ވަރަކަށް ގަޑިއިރުގެ ތެރޭގައި ލިބޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އިންޑިއާއަށް ފޮނުވައިގެން މީގެ ކުރިން ވަނީ ރާއްޖެއިން ވެސް މި ބައްޔަށް ޝައްކުކުރެވުނު މީހުން ޓެސްޓުތައް ހަދާފަ އެވެ. ނަމަވެސް އެއް މީހަކަށް ބަލި ޖެހިފައެއް ނުވެ އެވެ. 

މުޅި ދުނިޔޭއިން ގާތްގަނޑަކަށް 75000 އަށް ވުރެ ގިނަ މީހުންނަށް ކޮރޯނާ ވައިރަސް ޖެހިފައިވާއިރު މި ބަލީގައި 2000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އެގޮތުން އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ މިބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވިހާން ސިޓީންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް