ads
ސާލިމް (ހުދު ގަމީހުގައި) : ފޮޓޯ މިހާރު
މަހުމޫދު މަރުގެ މައްސަލަ ހައިކޯޓުން ބަލައިގަންނަން ނިންމައިފި
ހައިކޯޓުގެ ރަޖިސްޓްރާ ބަލައި ނުގަންނަން ނިންމައި ބޭރުކޮށްލި، އދ. ދަނގެތީ ވިޔަފާރިވެރިޔާ މަހްމޫދް އަބޫބަކުރުގެ މަރުގެ މައްސަލަ ބަލައިގަންނަން ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފިއެވެ.

އދ. ދަނގެތީ ވިޔަފާރިވެރިޔާ މަހްމޫދް އަބޫބަކުރު އަނިޔާވެރި ގޮތަކަށް މަރައިލި ކަމަށް އެއްބަސްވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާ އޮލަމް މިއާ (ސާލިމް) މަރަން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރުމުން ހައިކޯޓުގެ ރަޖިސްޓްރާ އެންމެ ފުރަތަމަ ނިންމީ އެ މައްސަލަ ބަލައި ނުގަންނާށެވެ. އެހެންނަމަވެސް އެ ނިންމުން ޕީޖީގެ ފަރާތުން ހައިކޯޓުގެ ފަނޑިޔާރުންނަށް އިސްތިއުނާފު ކުރުމުން ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ނިންމީ މައްސަލަ ބަލައިގަންނާށެވެ. ހައިކޯޓުގެ ގަވައިދު އޮންނަ ގޮތުން ރަޖިސްޓްރާ ބަލައިނުގަންނަން ނިންމާ ނިންމުންތައް ފަނޑިޔާރުންނަށް އަލުން ހުށަހެޅޭނެއެވެ. މި މައްސަލައަކީ އެ ގޮތަށް ހުށަހެޅި މައްސަލައެކެވެ. މަރުގެ މި ފަދަ މި މައްސަލަ އިސްތިއުނާފު ކުރަނީ ހުކުމާ ގުޚޭ ނިހާއީ ނިންމުމެއް މަތީ މަރުހަލާގެ ކޯޓަކުން ނިންމާށެވެ.

ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައިވަނީ ދަށު ކޯޓުން ކޮށްފައިވާ މަރުގެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މައްސަލަ ހުށަހަޅާފައިވަނީ ޖިނާއީ މައްސަލަތަކުގައި ކުރާ ހުކުމްތައް އިސްތިއުނާފް ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވި ފަހުން ކަމަށެވެ. އެހެންނަމަވެސް މި ފަދަ މައްސަލަތަކުގައި މުއްދަތަކީ އިސްތިއުނާފަށް އޮތް ހުރަހެއް ނޫން ކަމަށް ހައިކޯޓުގެ ފަނޑިޔާރުންވަނީ ނިންމާފައެވެ.

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ވިޔަފާރިވެރިޔާ މަހްމޫދުގެ ހަށިގަނޑު ފެނުނީ އޮކްޓޯބަރު 13، 2021 ގައެވެ. އޭގެ ކުރީ ރެއިން ފެށިގެން މަހްމޫދުގެ ހަބަރެއް ނުވެގެން އާއިލާއިން އުޅުމުން، ރަށު އެންމެން ނުކުމެ ހޯދަން އުޅުމުގެ ތެރެއިން މަހްމޫދުގެ ހަށިގަނޑު ފެނުނީ އޭނާގެ އުފަންގޭގެ ފެން ވަޅެއް ތެރޭ އޮއްވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް