ads
ރާނީ
ރަސްމީ އިއްޒަތުގައި ރާނީ ފަސްދާނުލައިފި
އިނގިރޭސި ރާނީ އަވަހާރިވިތާ 10 ދުވަސް ފަހުން ރަސްމީ އިއްޒަތުގައި މިއަދު ފަސްދާނުލައިފި އެވެ.

އިގިރޭސި ރާނީ ރަސްމީ އިއްޒަތުގައި މިރޭ ފަސްދާނު ލެވުނީ މީގެ ކުރިން އަވަހާރަވެފައިވާ އެކަމަނާގެ ފިރިކަލުން އަމީރު ފިލިޕްގެ ވަގުތީ ސަންދޯކުން ފިލިޕް ނަގައި ރާނީގެ އަރިހުގައި ފަސްދާނުލާފަ އެވެ. ފިލިޕް އަވަހާރަވީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިންނެވެ. އޭރު އުމުރުފުޅުން 99 އަހަރެވެ.

އިނިގިރޭސި ރާނީ ފަސްދާނުލާފައި ވަނީ ވިންޑްސާ ކިއްލާ ގޯތިތެރޭގައި ހުންނަ ޖޯޖް ރަސްގެފާން ހަވަނައިގެ ހަނދާނީ ޗެޕަލްގަ އެވެ. މިއީ ސެއިންޓް ޖޯޖް ޗެޕަލްގެ ބައެކެވެ. ޝާހީ ޚާންދާނަށް މިތަން އެންމެ ފުރަތަމަ ޚާއްސަކުރެއްވީ ރާނީ އެލިޒަބަތުގެ  ބައްޕާފުޅު ވަޅުލުމަށް އެކަމަނާގެ އަމުރަށެވެ.

ރާނީ އަވަހާރަވީ މި މަހުގެ އަށްވަނަ ދުވަހު ސްކޮޓްލެންޑްގައި ހުންނަ އެކަމަނާގެ ޗުއްޓީ ގަނޑުވަރު ބެލްމޯރަލްގައެވެ.

އިގިރޭސި ރާނީގެ ޖަނާޒާގައި ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ހެޑް އޮފް ސްޓޭޓުން ބައިވެރިވެވަޑައިގެންނެވިއެވެ.

58%
ކަމުގޮސްފި
21%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
21%
ވަރަށް ސަލާމް
ކޮމެންޓްސް