ads
ފައިސަލް ހާން އަދި އިމްރާން ހާން
އާމިރު ހާން އަހަރެން ގޭ ބަންދު ކޮށްގެން ގެންގުޅުނު: ފައިސަލް ހާން
އެތައް ދުވަހެއް ވަންދެން އޭނާގެ ނުރުހުމުގައި، އާމިރް ހާން އޭނާ ބަންދު ކޮށްފައި ބެހެއްޓި ކަމަށް، އާމިރް ހާންގެ ކޮއްކޮ ފައިސަލް ހާން ބުނެފި އެވެ.

ފައިސަލް ހާން މިހެން ބުނެފައި މިވަނީ، އިންޑިއާގެ މަޝްހޫރު ރިއަލިޓީ ޝޯއެއް ކަމަށްވާ "ބިގް ބޮސް" ގައި ބައިވެރި ނުވަނީ ކީއްވެގެންތޯ، ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. 

އެ ސުވާލަށް ޖަވާބު ދެމުން ފައިސަލް ހާން ބުނީ، އޭނާ އަކީ ތަނެއް ތެރޭގައި ބަންދުވެގެން ހުންނަން ބޭނުން ނުވާ މީހެއް ކަމަށާއި، އެހެން ކަމުން ބިގް ބޮސްގައި ބައިވެރިވުމުގެ ޝައުގުވެރި ކަމެއް ނެތް ކަމަށެވެ. އަދި ބިގް ބޮސް އަކީ ފައިސާގެ ބޮޑެތި އަދަދުތަކެއް ހުށަހަޅާ ޕްރޮގްރާމެއް ކަމަށާއި، އެހެން ނަމަވެސް އޭނާ އަށް ފައިސާ މުހިއްމު ނޫން ކަމަށް ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން ފައިސް ބުނީ، އޭނާ ވަނީ މީގެ ކުރިން ތަނެއް ތެރޭ ގަދަކަމުން ބަންދު ކޮށްގެން ބަޔަކު މީހުން ގެންގުޅެފައި ކަމަށާއި، އެހެން ކަމުން އަލުން އެތަޖުރިބާ ކުރަން ބޭނުން ނުވާ ކަމަށެވެ. އަދި އޭނާގެ ނުރުހުމުގައި ގޭ ބަންދު ކޮށްގެން ގެންގުޅުނީ އޭނާގެ ބޭބެ އާމިރް ހާން ކަމަށްވެސް ފައިސަލް ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން ފައިސަލް ބުނީ، ބޭބެ އަށް ވުމުން އޮންނަ ގުޅުން އޮންނާނެ ކަމަށާއި، ކޮންމެހެން ދައްކަންޖެހޭ ވާހަކަ ދައްކާ ކަމަށެވެ. އަދި ކުރިން އޮންނަ ވަރުގެ ގުޅުމެއް މިހާރު ނޯންނަ ކަމަށާއި، އެހެން ނަމަވެސް ގޭ ބަންދު ކޮށްގެން ގެންގުޅުނު ގެންގުޅުމަށް މާފު ކޮށްފައި ވާނެ ކަމަށެވެ. 

އެހެން ނަމަވެސް އޭނާ ގޭ ބަންދު ކޮށްގެން ގެންގުޅުނީ، ކޮން ސަބަބަކާއި ހުރެ ކަމެއް ފައިސަލް ބުނެފައި ނުވެ އެވެ. އެހެން ނަމަވެސް ފައިސަލް ވަނީ މީގެ ކުރިން ނަފްސާނީ ބައްޔަށް ބޭސްކޮށްފަ އެވެ. 

11%
ކަމުގޮސްފި
78%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް