ads
އަމީނީމަގުގައި ތާރުއެޅުމަށް އެ މަގުގައި ހުރި ބޮޑެތި ގަސްތައް ކަނޑަނީ
ގަސްތައް ނުކަނޑައި މަގުތައް ހެދޭނެ ގޮތެއް ހޯއްދަވާ: ރައީސް ނަޝީދު
މަގުތައް ހަދާއިރު، މަގުތަކުގައި ހުންނަ ގަސްތައް ނުކަނޑާ މަގުތައް ހެދޭނެ ގޮތެއް ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ، އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް އެމަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރުމަށް އެ މަގުގައި ހުރި ގަސްތައް ނަގަން ފަށާފައި ވަނިކޮށެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، ގަހެއް ހެއްދުމަށް 15 ނުވަތަ 20 އަހަރު ނަގާ ކަމަށާއި، މަގެއް ހެދުމަށް ނަގަނީ ދެތިން މަސް ކަމަށެވެ. އެހެން ކަމުން މަގުތައް ހަދާއިރު، ގަސްތައް ނުނަގާ އެ މަގުތައް ހެދޭނެ ގޮތެއް ހޯދުމަކީ މުހިއްމު ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވަނީ، މާލެ ސިޓީ ކައުންސިލް އާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަށް އެކަމަށް ވިސްނުމަށް އިލްތިމާސް ކުރައްވާފަ އެވެ. 

"މާލޭ ސިޓީ ކައުންސިލްއިންނާއި ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަންސްއިން ވެސް މި ކަންކަމަށް ބައްލަވައި ގަސްތައް ނުކަނޑައި މަގުތައް ހެދޭނޭ ގޮތެއް ހޯއްދަވާނެ ކަމަށް" ރައީސް ނަޝީދު ވިދާޅުވި އެވެ.

އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އެމަގުގައި ހުރި ގަސްތައް ނަގަމުން ގެންދިއުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އެކަމާއި ގުޅިގެން އާރްޑީސީއިން ބުނީ، އެމަގުގައި ހުރި ގަސްތައް ނަގައި، ބަދަލު ކުރުމަށް ނިންމާފައިވަނީ، ކުޑަގިރި އަށް ކަމަށާއި، އަދި މަގު ހަދައި ނިމޭ އިރު، ގަސް އިންދަން ހާއްސަ ކުރެވިފައިވާ ތަންތަނުގައި ގަސް އިންދާނެ ކަމަށެވެ. 

އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މަހުގެ 30 ގަ އެވެ. އެ މަގުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ހެދުމަށްޓަކައި، ދުއްވާ އެއްޗިއްސަށާއި އާންމުންނަށް ނުވަދެވޭ ގޮތަށް ވަކި ހިސާބެއް މިހާރު އޮތީ ބަންދުކޮށްފަ އެވެ. އެއީ ބޮޑުތަކުރުފާނު މަގާއި އަމީނީ މަގު ގުޅޭ ހިސާބުން ފެށިގެން އިރުދޭމާ ހިނގުމާއި އަމީނީ މަގު ގުޅޭ ހިސާބަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް