ads
އީސްޓާ ހަމަލާ ރޭވުމުގެ ތުހުމަތުގައި ހަތަރު ދިވެއްސަކު ހައްޔަރުކޮށްފި
މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު ސްރީލަންކާގެ އެކި ސަރަހައްދުތަކުގައި ދިން ހަމަލާތަކުގެ ތުހުމަތުގައި ހަތަރު ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ލަންކާގެ ނޫސްތަކުން ބުނާ ގޮތުގައި ހަތަރު ދިވެހިން ހައްޔަރުކޮށްފައި ވަނީ ހަމަލާ ރާވަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ލަންކާއިން އީސްޓާ ހަމަލާއާ ގުޅިގެން ހަތަރު މީހުން ހައްޔަރުކުރި ކަމަށް އެގައުމުގެ ނޫސްތަކުން ބުނި ނަމަވެސް މިހާތަނަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިކަމުގެ ބަހެއް ނުލިބެ އެވެ.

ލަންކާގައި ނަސޯރާއިން އީސްޓާ ފާހަގަ ކުރަނިކޮށް ދިން ހަމަލާގައި 235 މީހުން މަރުވެފައިވާއިރު، އެގައުމުގެ ސަލަމަތީ ކަންކަން އޭގެ ފަހުން ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފަ އެވެ. މިގޮތުން ލަންކާގައި މޫނު ފޮރުވައިގެން އުޅުންވެސް ދޭތެރެއަކުން މަނާކުރި އެވެ.

25%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
58%
ވަރަށް ސަލާމް
ކޮމެންޓްސް