ads
އެފްއޭއެމްގެ ރައީސް ބައްސާމް
އެފްއޭއެމްއަކުން ފައިސާއެއް ނުދޭ: ގްރީން ސްޓްރީޓްސް
އެއްބަސްވެފައިވާ ގޮތަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ފައިސާ ނުދޭ ކަމަށް ކްލަބު ގްރީން ސްޓްރީޓްސްއިން ބުނެފިއެވެ.

ގްރީން ސްޓްރީޓްސް އިން މިއަދު ނެރުނު ބަޔާނެއްގައި މިހެން ބުނީ، އެ ކްލަބަށް ކުޅުނު ބިދޭސީ ކުޅުންތެރިއަކަށް ދޭން ޖެހޭ ފައިސާގެ މައްސަލައިގައި ފީފާއިން އެ ކްލަބުގެ ޓްރާންސްފަ ސަސްޕެންޑްކޮށްފައިވަނިކޮށެވެ.

ގްރީނުން ބުނީ އެފްއޭއެމުން ދޭން ޖެހޭ ފައިސާ ނުދޭތީ އެކަމާ ގުޅިގެން އެފްއޭއެމްގެ ރައީސް އަދި ޖެނެރަލް ސެކްރެޓަރީއާވެސް ބައްދަލުކޮށްފައިވާ ކަމަށެވެ.

އެފްއޭއެމުން ދޭން ޖެހޭ ފައިސާ ދީފައިނުވާ ކަމަށް ގްރީން ސްޓްރީޓްސްއިން ބުނި އިރު ބިދޭސީ ހަތަރު ކޯޗަކަށް އެފްއޭއެމުން ދޭން ޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުދީގެން އެ ފައިސާ ދިނުމަށް އެފްއޭއެމަށް ފީފާއިންވަނީ އަންގާފައެވެ. މީގެ އިތުރުން އެފްއޭއެމްގެ އިދާރީ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަވެސް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް